ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފިއެވެ.

މިއަހަރު  ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ޓާގެޓް ކުރި އަދަދު މިއަދު ހަމަވެފައިވާއިރު، މި އަމާޒު ހާސިލް ކުރެވުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަރުކާރުގެ އިދާރާ ތަކާއި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެންޑް ޓްރޭޑް ޕާޓްނަރުންގެ ބުރަ މަސައްކަތުން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެއެވެ.

މި އަހަރުގެ 1.6 މިލިއަން ވަނަ ފަތުރުވެރިޔަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ތޭޖާސް ސަންޖޭ ކޮތާރީ އެވެ. އޭނާ އަންހެނުންނާ އެކު ހަނީމޫން އަށް ރާއްޖެ އައިސްފައިވަނީ އެއާ ވިސްތާރާގެ ފްލައިޓެއްގައެވެ. އޭނާ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިން މަރުހަބާ ކިޔާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ނައިބު ރައީސްގެ އިތުރުން އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ ޓާގެޓް ހާސިލް ކުރެވުމާއެކު ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގެ އިތުރު ކާމިޔާބީ އެއް ހާސިލް ކުރުމަށްޓަކައި ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ ސްޓެކް ހޯލްޑަރުންގެ ބައިވެރިވުމާއި އެއްބާރުލުން ފާހަގަ ކުރައްވާފައެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މިމަހު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ދުވާލެއްގެ މައްޗަށް ބަލާއިރު ވަނީ 4500 އާއި 6100 އާ ދެމެދުގައި ހިފެހެއްޓިފައެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު ވަނީ 6804 ފަތުރުވެރިންނާއެކު މި މަހުގައި ފަތުރުވެރިން އައި އެންމެ ގިނަ ދުވަހަށް ވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް އެމްއެމްޕީއާރުސީ އާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ކަނޑައެޅި ތާރީހަށް ވުރެ ދެ މަސް ދުވަސް ކުރިން ވަނީ މި އަމާޒު ހާސިލްކޮށްފައެވެ. މިއަހަރު އައި 1.6 މިލިއަން ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 23.1 ޕަސެންޓް އިތުރު އަދަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: