ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަމުގައި ގޮތް ނޭނގޭ މަރުތައް ގިނަވެއްޖެ، އެ މައްސަލަތައްވެސް ނުބަލާ: ރައީސް ޔާމީން

ރައީސް ޔާމީން "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ގޮތް ނޭނގޭ މަރުތަކުގެ އަދަދުތައް އިތުރުވެފައިވާކަމަށާއި އެފަދަ މައްސަލަތައް ނުބަލާކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކާނިވަލުގައި ކުރިއަށް ގެންދާ “ފެލާލައިފި” ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީންވަނީ ސަރުކާރާއި ރައީސް ސާލިހަށް ގިނަ ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމަކީ ބިރުވެރި ވެރިކަމެއް ކަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނާއި އެމްޑީޕީއިން ބުނަމުންދާކަމަށެވެ. އެހެން ނަމަވެސް މި ވެރިކަމުގައި ގޮތް ނޭނގޭ މަރުތަކުގެ އަދަދުތައް އިތުރުވެފައިވާކަމަށާއި އެ މައްސަލަތައް ނުބަލާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންވަނީ ނިކަމެތިވެފައިކަމަށެވެ. އަދި ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ އެއްވެސް ވާހަކަައެއް ސަރުކާރުން ނުދައްކާ ކަމަށާއި އުންމީދެއް ލިބިގެންދާ ފަދަ ވާހަކައެއްވެސް އިވިގެން ނުދާކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިކަންކަން މިގޮތަށް ހުރި ނަމަވެސް ބޭރު ގައުމުތަކަށް ގިނަ އަދަދެއްގެ ދަތުރު ކުރަމުންދާކަމަށެވެ. އަދި ބައި އަޅައިގެން ވިއްކާފައި ލިބޭ ފައިސާވެސް އެހާ ގިނަ ކަމަށާއި ސަރުކާރުން ބޭނުންވުމުން “ނާޝިގަނޑު ހިފައިގެން ސަލާންޖަހަން” ދާ ދިއުންވެސް ނުހުއްޓޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް އަސާސީ ކަންކަން ކަށަަވަރު ނުކުރެވޭކަމަށެވެ. އެގޮތުން ރައްޔިތުންނަށް ދަތި ނުވާ އަބުރުވެރި ދިރިއުޅުމެއް އުޅެވެން ނެތްކަމަށާއި އާސަންދަ ހުސްވެ ސިއްހީ ނިޒާމުގައިވެސް ބޮޑެތި މައްސަލަތައް ފެންމަތިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: