ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ސަރުކާރުން ދުވަނީ “ކުނިވަސް”: ރައީސް ޔާމީން

ރައީސް ޔާމީން: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާ އަމަލުތަކުން “ކުނިވަސް” ދުވާކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

“ފެލާލައިފި” ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެ ދެކުނު އޭޝިއާ ސަރަހައްދު ކުނިގޮނޑަށް ހެދުމަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އެހެނިހެން ގައުމުތަކުގެ ކުނި އިމްޕޯޓު ކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރީ ދާދި ފަހުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އަމަލުތައް ބައްޓަަން ކުރެވިފައިވާ ގޮތް ފަހުމް ނުވާކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސިލޯނުގެ މުސްލިމުން އެ ގައުމުގައި ވަޅުލެވެން ނެތްކަމަށް އެ ގައުމުގެ ސަރުކާރުން ބުނުމުން އިސްލާމިކް މިނިސްޓަރު މަސައްކަތް ކުރެއްވީ އެ މީހުން ދިވެހިރާއްޖެއަށް ވަޅުލުމަށް ގެނައުމަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރުވެސް އިންޑިއާއިން އަންނަ ދުމުގެ ސަބަބުން ދިވެހިރާއްޖެއަށް އަސަރުކުރާކަމަށެވެ. އަދި ސަރުކާރުން މިހާލަތުގައިވެސް ދެކުނު އޭޝިއާގެ ހުރިހާ ކުންޏެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ފާހަގަކުރައްވާ ރައީސް ޔާމީންވަނީ ޒުވާނުން އެކަމަށް ތާއީދު ކުރޭތޯ ސުވާލު ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ކުނިގޮނޑެއް ނޫންކަމަށެވެ. އަދި ވެރިކަމުގައިވެސް ތިބީ “ކުނިވެފައި” ތިބި މީހުންތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: