ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި ތަރައްގީގެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ރައީސް ސާލިހުގެ ހިކުމަތްތެރިކަން ދައްކުވައިދޭ ކަމެއް: އަސްލަމް

ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގައި ތަރައްގީގެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހިކުމަތްތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގއ ދާންދޫ ބިން ހިއްކުން ނިންމައި ކައުންސިލާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން އަސްލަމް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތަށް ހިންގީ ކޮވިޑްގެ ދަތިހާލަތާއި އެކުގައި ކަމަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި ކޮވިޑްގެ ތެރޭގައި އުމްރާނީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރުމަށް ރައީސް ނިންމަވައި ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ބައެއް ގައުމުތަކުން ހުރިހާ ކަމެއް ކޮވިޑާއި ގުޅިގެން ހުއްޓާލި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ކޮވިޑާއެކު ބައެއް ގައުމުތައް މުޅިން ހުއްޓުމަކަށް ގެނައި ކަމަށާއި އެކަމުގެ ސަބަބުން އެ ގައުމުތައް ބަނގުރޫޓްވި ކަމަށެވެ. ނަމަވެސް ރާއްޖެދިޔައީ ކޮވިޑްގައި ވެސް ކުރިއަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވި ގޮތުގައި 1987 ވަނަ އަހަރު ބިން ހިއްކަނީ ވަރަށް ދުވަހުން ކަމަށެވެ. އެގޮތުން ގއ ދާންދޫގައި ހިއްކުނު 25 ހެކްޓަރު ވަރުގެ ބިމެއް އޭރުގައި ހިއްކުމަށް އަށް އަހަރާއި ދިހަ އަހަރު ދުވަހުގެ މުއްދަތެއް ހޭދަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ގދ ތިނަދޫ ބިން ހިއްކަން ގެންދިޔަ ޑްރެޖަރު ހިއްކަމުން ގޮސް އެތަނަށް އޭތި ފެތިގެން ގޮސްފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ ތިނަދޫ ބިން ހިއްކުމަށް ގިނަ ދުވަސް ވޭތުވިކަމަށެވެ. އަދި އެއީ އޭރު އެކަންވާ ގޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ. މިއަދު ބިން ހިއްކަނީ ކުރިއަށް ވުރެން ޒަމާނީ ކޮށް މާބާރަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ދާންދޫ އަށް ސަރުކާރުން އިތުރުކޮށްދިން ބިމަކީ ދާންދޫގައި މިހާރު އޮތް ބިމުގެ 80 އިންސައްތަ ބިން ކަމަށް އަސްލަމް ވިދާޅުވިއެވެ.

 މި 80 ޕަސެންޓް ބިން ތިބޭފުޅުން ރަނގަޅަށް ޕްލޭން ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ކޮންމެ ގޮތަކަށް ޕްލޭން ކުރިއަސް ދެން އަޅުގަނޑަށް އިނގޭ މިތަނުގައި ހުރި އެއް ބޭނުމަކަށް އޮންނާނީ ރައްޔިތުންނަށް ގޯތިދިނުން. ބޯހިޔާވަހިކަން ހޯދައިދިނުން. އޭގެތެރޭގައި ގޯތިވެސް ދިނުން. މަދުވެގެން 700 ގޯތި ދެވޭނެ މިބިމުން. އެއީ ހަމަ ޔަގީނުންވެސް ދާންދޫގެ ރައްޔިތުން ދިރިއުޅެން ލިބިގެންދާނެ ބިން.

އަސްލަމް ވިދާޅުވީ އޭނާގެ ހަޔާތުގައި ބާކީ އޮތްތަނުގައި ދާންދޫގެ ރައްޔިތުން ބިމާއި ބެހޭ ގޮތުން ކުރާނެ ޝަކުވާއެއް ދެން ނޯންނާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުން  އެކިކަހަލަ ހައުސިންގ މަޝްރޫއުތައް އެކި ރަށްރަށުގައި ހިންގާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ފްލެޓް އަޅާ ކަމަށާއި، އަނެއްބައި ފަހަރު ޕްރައިވެޓް ސެކްޓަރ ގައި ރިއަލް އިސްޓޭޓްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ރަށެއްވެސް ސަރުކާރުގެ މަޝްރޫއު އެއް ނުހިގާ ނޯންނާނެ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ އަށް ބެލި ނަމަވެސް، ފުޓްބޯޅަ ދަނޑުކަމަށް ބެލި ނަމަވެސް، މަލްޓި ޕާޕަސް ހޯލް އެޅިކަމުގައި ވިޔަސް ބިންހިއްކުމާއި ބަނދަރު ހެދުމަށް ބެލި ނަމަވެސް ދަތުރުފަތުރުގެ ނިޒާމް ފަދަ ކަންކަން ކުރަމުން ދިޔަ ކަމަށެވެ.

އަސްލަމް ވިދާޅުވީ ގއ ގައި 17 މަޝްރޫއެއް ހިނގަމުންދާ ކަމަށެވެ. އޭގެތެރެއިން 3 ޕްރޮޖެކްޓް އޮތީ ދާންދޫގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ 21 ޕްރޮޖެކްޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީ މެދުވެރިކޮށް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ތިން ސަރަހައްދެއްގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކަންވެސް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ފަށާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: