ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޝްވަރު ގަބޫލު ކުރުމާއި މަނީލޯންޑިރިންގ ކުށް ސާބިތުވުމުން ދައުލަތުން އެދުނީ ރައީސް ޔާމީން 19 އަހަރަށް ޖަލަށް ލުމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފުލި މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުން އަދަބެއްގެ ގޮތުގައި ރައީސް ޔާމީން 19 އަހަރަށް ޖަލަށް ލުމަށް ދައުލަތުން އެދިއްޖެއެވެ.

އާރަށް ކުއްޔަށް ދިީގެން ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފުމާއި އެ ފައިސާ ލޯންޑާކުރި ކަމަށުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ޔޫސުފް ނައީމްގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުތަކެއް ކުރާއިރު، ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އަދީބާއި ޒިޔަތު ހިމެނޭއިރު، އެހެން ބައެއް އެމްއެމްޕީއާރުސީ މައްސަލަތަކުގައި ވެސް ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބާއި ޒިޔަތު ވަނީ ހެކިބަސް ދީފަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް ދެ ދައުވާ ސާބިތުވެއްޖެކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅުމާ ގުޅިގެން ދައުލަތުން އަދަބާމެދު ވާހަކަދައްކަމުން އެދިފައިވަނީ އެމަނިކުފާނުގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ދައުލަތުން އެދުނެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައިވަނީ ޔޫސުފް ނައީމްގެ އެކައުންޓުން ދޫކުރި ޗެކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ލިޔުންތަކުން އެނގޭއިރު ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށެވެ.

އެކަމަކީ ސިޔާސީ ކަމަކަށް ބެލިނަމަވެސް، ޕީޕީއެމްގެ މާލީ ހިސާބުތަކުން އެފައިސާ ފެންނަން ނޭނގޭ ކަމަށް ހުކުމްގައި ވެއެވެ. އެހެން ކަމުން ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ކަންކަމުން ލިބޭ ފައިސާ އަކީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ބަލަހައްޓަންޖެހޭ ފައިސާ އެއް ކަމުގައި ހުކުމުގައި ބުނެފައިވެއެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހުސާލާ ބަޔާން އިއްވުމަށް ފަހު ދައުލަތުން އެދުނީ  ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން އެމެރިކާ ޑޮލަރާއި އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރު، ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ވަރަށް ގަދަ
21%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 63%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: