ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ނެއްޓިގެންދާވަރަށް ހެކި ހުށައެޅިން: ޖަމީލު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަގާމުގެ ނުފޫޒު ފޯރުއްވައިގެން އަމަލުތަކެއް ހިންގެވިކަމަށް ބުނެ ކުރާ ތުހުމަތު ސާބިތުކޮށްދިނުމަށް ދައުލަތަށް އެންމެ ހެއްކެއްވެސް ދެއްކިފައިނުވާކަމަށް އެމަނިކުފާނުގެ ޓީމުގައި އިސްކޮށް ހުންނަވާ ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލުގައި ހޭދަކުރުމަށާއި 6 މަސް ދުވަހުގެ ތެރޭގައި 5 މިލިއަން ޑޮލަރު ދެއްކުމަށް ހުކުމް ކުރެވުމާއި އެކު، ނޫސްވެރިންނާއި ބައްދަލު ކުރައްވައި ޖަމީލު ވިދާޅުވީ، ދައުލަތުން ކުރި ދައުވާއާއި ގުޅިގެން ދިފާއުންވަނީ އެ ތުހުމަތުތައް ރައީސް ޔާމީންގެ އިސްތަށިފުޅުން ނެއްޓިގެންދާވަރުގެ ވަރުގަދަ ކިތާބީ އަދި ޝަފައީ ހެކިތައް އިސްލާމީ ޝަރީއަތާއި އެއްގޮތް ވާގޮތުގެ މަތިން ހުވާކޮށްގެންހުރެ ޝަރީއަތުގެ މަޖިލީހަށް ހުށައަޅާފައިކަމަށެވެ.

އެނާ ވިދާޅުވީ، ދިފާއު ކުރާ ޓީމަށް އޮންނަ ބުރައަކީ އެއްވެސް ހާލެއްގައި ދައުވާ ކުރާ ފަރާތުގެ މައްޗަށް އޮންނަ ބުރައެއް ނޫންކަމަށެވެ. އަދި ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، ޝަރީއަތް ކުރިއަށް ދިޔަ ގޮތުގެ ސަބަބުން، ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ހުކުމް ގަބޫލު ނުކުރައްވާކަމަށެވެ.

ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ގާނޫނު އަދި އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުތައް އެއްކިބާ ކުރުމަށްފަހު ކޮށްފައިވާ ހުކުމެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ، މީގެ ކުރިންވެސް ރައީސް ޔާމީންވަނީ ނުހައްގުންކޮށްފައިވާ ހުކުމެއްގެ ސަބަބުން ޖަލުގައި އަހަރުތަކެއް ހޭދަކުރައްވާފައިކަމަށެވެ. އަދި އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްކަމަށް ކަނޑައެޅީ ސުޕްރީމުކޯޓުންކަމަށާއި، ހޭދަ ކުރަންޖެހުނު ދުވަސްތަކުގެ ބަދަލު އަދި އަދަށްވެސް ލިބިފައިނުވާކަމަށް ޖަމީލު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: