ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް އޮތީ ޞާލިޙް ކުނިކޮށްފައި އެއްލާލާ ބައްސުވާކޮޅު ހިފުން: ޑރ. ޖަމީލް

ރައީސް ނަޝީދު އަދި ޑރ.ޖަމީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޮތީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުނިކޮށްފައި އެއްލާލާ ބައްސުވާކޮޅުގައި ހިފުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާލުވެއްޖެއެވެ.

ޓްވީޓެއް ކުރައްވާ ޖަމީލް ވިދާލުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ގެއްލުނީ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް (އިންތި) ނޫންކަމަށެވެ. އަދި އެއީ ރައީސް ނަޝީދު އަދި ރައީސް ސާލިހު ބޭރުގެ ބާރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި ސިޔާސަތުގައި އެމީހުންގެ އިތުބާރުވެސް ރައީސް ނަޝީދަށް ނެތުމުގެ ނަތީޖާކަމަށެވެ.

އިތުރަށް ޖަމީލް ޓްވީޓުގައި ވިދާޅުވެފައިވަނީ ބޭއްވިގެންދިޔަ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވިނަމަ ރައީސް ނަޝީދު ފެނިގެންދާނީ ޖަލުންކަމަށެވެ. ވިދާޅުވެ ޓްވީޓުގައި ވަނީ ނަޝީދަށް އޮތީ ރައީސް ސާލިހު ކުނިކޮށްފައި އެއްލާލާ ބައްސުވާކޮޅު ހިފުންކަމަށެވެ.

ޖަމީލް މިގޮތަށް ޓްވީޓު ކުރައްވާފައިވާއިރު އެތެރޭގެ އިންތިހާބު އާންމުނަށް ފެނިގެންދިޔައީ ދެ ރައީސުންގެ ދެމެދު ކޯޅޭ ކޯޅުމެއްގެ ސިފައިގައެވެ. އިންތިހާބުގައި ތިން މަގާމަށް ވާދަ ކުރެވުނު އިރު އެންމެ ފޯރި ގަދަވި ޗެއާޕާސަންކަމުގެ މަގާމަށް އިންތި އާއި ވާދަ ކުރެއްވީ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލްއެވެ. އާންމުގެ ތެރޭގައި ވާހަކަތައް ދެކެވުނީ އިންތި މަގާމަށް ނިކުމެ ހުންނެވީ ރައީސް ނަޝީދުގެ ތާއީދާއިއެކު ކަމަށެވެ. އަދި ފައްޔާޒް މަގާމުގައި ވާދަކުރައްވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ތާއީދާއިއެކުކަމަށެވެ.

ބޮޑުތަނުން ފައްޔާޒް އިންތިހާބު ކާމިޔާބު ކުރެއްވުމާއިއެކު ގިނަ ބަޔަކު ނިކުމެ ބުނަމުން ދިޔައީ ރައީސް ފައްޔާޒާއިއެކު ނިކުމެ ނަޝީދު ބަލި ކުރީކަމަށެވެ.

މިކަންކަމުގެ ސަބަބުން ގިނަ ބަޔަކު އައީ އެމްޑީޕީ ދެން އެކަތިގަނޑެއްގެ ގޮތުގައި އޮވެވިދާނެކަމާއިމެދު ސުވާލު އުފައްދަވަމުންނެވެ. ފައްޔާޒް އިންތިހާބު ކުރެއްވުމުން ފައްޔާޒާއި ދެކޮޅަށް ކެމްޕެއިން ކުރެއްވި ރައީސް ނަޝީދުވެސް ފެނުނީ ފައްޔާޒާއިއެކު ކޭކު ފެޅުއްވި މަންޒަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: