ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތާއި ދިމާކޮށް ފަނޑިޔާރުންނަށް ބިރު ދައްކާ: ޖަމީލު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަޓިކް ހަމަތައް ހިފަހައްޓައި، ޖުޑިޝަރީ މިނިވަން ކުރާނެކަމަށް ބުނެ ވެރިކަމަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތެރެއަށް ނުފޫޒު ފޯރުވުމުގައި އަވަދިނެތިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޖުޑިޝަރީ ދާއިރާ އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. ހާއްސަކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައި ވީ ނަމަވެސް ސަރުކާރަށް މިވީ ތިން އަހަރުގެ ތެރޭގައި ބިލާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެ އެވެ.

އިދިކޮޅުން ބޭއްވި ޖަލްސާގައި ޖަމީލު ވިދާޅުވީ، ޝަރުއީ ނިޒާމު އިސްލާހު ކުރާނެކަމަށް ބުނެ އެމްޑީޕީން ދެއްކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޖޭއެސްސީގެ ތެރެއަށް ވަދެފައިވާ ސިޔާސީ ނުފޫޒުތައް ކަމަށެވެ.

ޖަމީލު ވިދާޅުވީ ޖެއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލު ކުރާނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައިގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށެވެ. އަދި މި ދައުރަށް މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި ޖޭއެސްސީގެ ކޮމްޕޮޒިޝަނާއި ގުޅޭ އިސްލާހެއް ހުށަހެޅުނު ނަމަވެސް އެ މަސައްކަތް ކުރިޔަށް ނުދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ބާރުވެރިކަން ބޭނުންކޮށް، ހުކުމްތައް ނެރުމާއި އެފަދަ ހުކުމްތައް ނެރެން ދެކޮޅު ހަދާ ފަނޑިޔާރުންގެ މައްސަލަތައް ބެލެން އޮންނާނެ ހަމައެކަނި ގޮތަކީ ޖޭއެސްސީ ކޮންޓްރޯލް ކުރުމުގެ ބާރު އޮތުންކަން ޖަމީލު ފާހަގަ ކުރެއްވި އެވެ.

ޖަމީލް ވިދާޅުވީ މިދިޔަ ސަރުކާރުގައި ޖޭއެސްސީ އާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނެތް ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ރައީސް އަބްދުﷲ ޔާމީން ފުރިހަމައަށް ޖާގަ ދެއްވިކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ބައިނަލްއަގުވާމީ އެކި މުއާހަދާތަކުގައި ބައިވެރިވެފައިވާ ގައުމެއްކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ، އޭގައި އެކުލެވޭ މާއްދާތަކުގެ ދަށުން ވެސް ފަނޑިޔާރުންނާއި، ގާޒީންގެ މައްޗަށް ދައުލަތުން އެއްވެސް ނުފޫޒެއް ފޯރުވައިގެން ނުވާނެކަމަށް ބުނެފައިވާނެ ކަމަށެވެ. އެހެން ކަމުން އެންމެން ގުޅިގެން މިއަދު ޖުޑިޝަރީ ދާއިރާގެ ހައްގުގައި އަޑު އުފުލަން ޖެހޭކަމަށް ޖަމީލު ވިދާޅުވި އެވެ.

އޭގެ ސަބަބެއްކަމަށް ޖަމީލު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރައީސް ޔާމީނަށް މަންްފާ ލިބުނުކަމަށް ބުނެ، ނުވަތަ ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް އެމަނިކުފާނުގެ އެކައުންޓަށް ޖަމާވިކަމަށް ބުނާ މައްސަލައާއި ގުޅުވައި ފަނޑިޔާރުންނާއި ގުޅުން ހުރި ސުލޫކީ މައްސަލަތައް ގިނަ ވުމެވެ. ޖަމީލު ސިފަ ކުރީ މިއީ މި މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ދުރުން ދައްކާ، ބިރެއްގެ ގޮތުގަ އެވެ. އަދި ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި ބެއްލެވި އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ކުއްލި ގޮތަކަށް އުފެދިގެން އައި ގޮތާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.

ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ އެއީ ދެ ޣައްދާރުން ކަމަށެވެ. ރާއްޖޭގައި ޑިމޮކްރަޓިކު އުސޫލުތައް ދަމައްހައްޓާނެކަމަށް ބުނެ ވެރިކަމަށް އައިސް، ގާނޫނު އަސާސީއާއި އެއްގޮތަށް ވެރިކަން ނުކުރެވޭނަމަ ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށް ޖަމީލު ގޮވާލި އެވެ.

ޖަމީލު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމާއި، އެމްޑީޕީގެ ފުރަތަމަ ވެރިކަމާއި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. ދެބޭފުޅުންގެ ވެސް ކަމަކީ ގައުމު ލޫޓުވައި ގައުމުގެ މިނިވަންކަމަށް ބުރުއަރާ ފަދަ ހުރިހާ މަސައްކަތެއް ކުރުންކަމަށް ޖަމީލު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދާއި، ރައީސް ސޯލިހަށް އަމާޒުކޮށް ޖަމީލު ވިދާޅުވީ އެއީ ދެ ހިޔަޅުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: