ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ދީފިނަމަ ލިބޭނީ 20 ޕަސެންޓް: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަސް ދީފިނަމަ ރައީސް ސާލިހްއަށް ލިބިވަޑައިގަންނަވާނީ 20 ޕަސެންޓް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕޭންގައި މިރޭ ސަލްޓަން ޕާކްގައި ބާއްވި ހަރަކާތެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހު އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫވާނެ ކަމަށެވެ

އަޅުގަނޑު ނުކުމެ މިހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އަލުން އަނބުރާ ތިޔަ ބޭފުޅުންނާ ހަވާލްކުރުމަށް. މި ޕާޓީގެ މެމްބަރުންނާއި ހަވާލް ކުރުމަށް. މިއީ ތިބޭފުޅުންގެ ޕާޓީއެއް. މި ޕާޓީ އަލުން އަނބުރާ ތިބޭފުޅުންނަށް އަލުން އަނބުރާ އިރާދަކުރެއްވިއްޔާ ރައްދުކޮށްދޭނަން.

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ރައީސް ނަޝީދު ނިކުމެ ހުންނެވީ ރައިސް ސާލިހު ހޮވިއްޖެނަމަ އެމްޑީޕީ އަށް ލިބޭނެ ވޯޓް މަދުވާނެ ކަން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ސާފުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ، ފޯރުކޮށްދެވޭނެ  މަގާމެއްގައި އަޅުގަނޑުމެން ތިބުން. އެމްޑީޕީގެ އަބަދުވެސް އަމާޒަކީ މިދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް އަޅުގަނޑެމެން ކޮށްދިނުން. 2023 ވަނަ އަހަރުން ކުރިއަށް އޮތް ފަސް އަހަރުވެސް މި ޕާޓީގެ ވެރިކަމެއް މި ދިވެހިރާއްޖޭގައި ހިނގަމުން ދިޔުން. އަޅުގަނޑަށް ފެންނަ ތަނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ކަމަށް ވެއްޖެނަމަ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި، އެމްޑީޕީ އަށް ލިބޭނޭ ވޯޓްގެ މިންވަރު ވަރަށް މަދުވާނެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގާމް ތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ބައެއް މެމްބަރުންނާއި އަދި އެނޫންވެސް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާ ތަކުގައި ތިބި ބައެއް މެމްބަރުން ރައީސް ސާލިހަށް ތާއީދު ކުރިނަމަވެސް އެބޭފުޅުންގެ ގާތްތިމާގެ ބޭފުޅުންނާއި އާއިލާއާއި ރަހްމަތްތެރިން ތިބީ ރައީސް ސާލިހަށް ވޯޓް ދޭގޮތަށް ނޫން ކަމަށެވެ.

މިފަހަރު އެބޭފުޅުން އަޅުގަނޑުމެން ގާތުގައި ވަރަށް ސާފް ބަހުން ވިދާޅުވަނީ ބުންޏަސް ނުދޭނަމޭ. އަޅުގަނޑު ނުކުމެ މިހުރީ ރައީސް ސާލިހަކީ އެމްޑީޕީ ކެންޑިޑޭޓް ކަމަށް ވެއްޖެނަމަ މި ޕާޓީގެ ވޯޓްގެ ނިސްބަތަކީ 20 ޕަސެންޓަށް ވުރެ މަދު އަދަދެއް ކަމަށް ވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ. އަޅުގަނޑު ނުކުމެ މިހުރީ މި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ މި ޕާޓީގެ މެމްބަރުންނާ ހަވާލް ކުރުމަށް. މިއީ އަޅުގަނޑުމެން އެކެއްގެ ވެސް އެއްޗެއްނޫން. މިއީ ތިބޭފުޅުންގެ އެއްޗެއް. މިއީ ދިވެހިރައްޔިތުންގެ ޕާޓީއެއް. މިއީ މިޕާޓީގެ މެމްބަރުންނާއި މި ޕާޓީއަށް ތާއީދުކުރާ މީހުންގެ ޕާޓީއެއް. މި ޕާޓީގެ މިލްކުވެރިފަރާތަކީ އަބަދުވެސް މި ޕާޓީގެ އިއްޒަތްތެރި މެމްބަރުން. މި ޕާޓީއަށް ތާއީދު ކުރާ މީހުން. މި ފިކުރަށް އަޅުގަނޑުމެންގެ ފިކުރަށް އަބަދުވެސް އެދިއެދި އެމަންޒަރަށް އެ އުފާވެރިކަމަށް އެ މަންޒިލަށް އެ ދިވެހިރާއްޖެއަށް ދިއުމަށް އަބަދުވެސް އެދިއެދި ތިބި ރައްޔިތުންގެ ފިކުރެއް. ރައްޔިިތުންގެ ޕާޓީއެއް.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސާލިހް އާއި އެމަނިކުފާނުގެ ޓީމުން މިދިޔަ ފަސް އަހަރު ދުވަހުނ މަސައްކަތް ކުރަމުން ގެންދިޔައީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ރައީސް ނަޝީދު ޕާޓީ އިން އެކަހެރި ކޮށް ބާކީ ކުރުމަށް ކަމަށެވެ. އަދި އެބޭފުޅުންގެ ވިސްނުމަކަށްވީ އެމްޑީޕީގެ ލޯގޯ އާއި އެމްޑީޕީގެ ނިޝާނާއި އެމްޑީޕީގެ ކުލަ އާއި އެމްޑީޕީގެ ޖޯޝް އެބޭފުޅުން ބޭނުންކޮށްގެން ޕާޓީގެ އެތެރެ ބަދަލުކުރަން ކަމަށެވެ. އެގޮތުން އެމްޑީޕީގެ  39000 މެމްބަރުން އެމްޑީޕީ އިން ވަކިކުރީ އަނެއް ޕާޓީ އަށް އެމްޑީޕީ ހެދުމުގެ ނިޔަތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

   އެހެންނަމަވެސް މިރޭވެސް މާދަމާރޭވެސް އަދި ކުރިއަށް މިއޮތް ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އެންމެނަށް ސާފުވެގެންދާ އެއްކަމަކީ މި ޕާޓީ، މިފިކުރު ދޫކޮށްލުމަކަށް އަޅުގަނޑުމެން އެކަކުވެސް އެއްބަސްނުވާކަން. މި މަސައްކަތުގައި އަބަދުވެސް އަޅުގަނޑުމެން ދެމިތިބޭނެކަން. އަޅުގަނޑު ކުރިމަތިމިލަނީ އެމްޑީޕީ އަށް ލިބިދާނެ ވޯޓް މަދުވެދާނެކަމުގެ ބިރުގައި.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރިމަތިލަނީ ދިވެހިންނަށް ދިވެހި ވެރިކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

ރައީސް ނަޝީދު ކުރިމަތިލަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ބޭނުމަށް ކޮށްދޭ ވެރިކަމެއް ކޮށްދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: