ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާގެ މުޒާހަރާ އަށް ފުލުހުން ހުއްދަ ދީފި: ޕީޕީއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން މިމަހުގެ 30 ވަނަ ދުވަހު ބޭއްވުަމަށް ހަމަޖެހިފައިވާ މުޒާހަރާ އަށް ފުލުހުން ހުއްދަދީފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުން މާދަމާގެ ސުލްހަވެރި އިހްތިޖާޖް ވަރަށް ގާތުން މޮނިޓަރ ކޮށް ސެކިއުރިޓީ ކަންކަން ބަލަހައްޓައިދޭނެ ކަމަށް ވިދާޅުވެފައި އޮތީ. އެހެންވީމަ އަޅުގަނޑުމެން މި ފުރުސަތުގައި އެދެން ބޭނުންވަނީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ހާއްސަކޮށް ރައީސް ޔާމީންގެ އިހްލާސްތެރި ސަޕޯޓަރުން ރައީސް ޔާމީނަށް 2023 ގެ އިންތިހާބުގައި ވޯޓް ދިނުމަށް އަޒުމުކަނޑައަޅައިގެން ކެތްމަދުވެފައި ތިއްބެވި ހުރިހާ ލޮބުވެތި ރައްޔިތުން ގޭގައި ނުތިއްބަވާ މާދަމާ މި ސުލްހަވެރި ހިނގާލުމަށް ޕީޕީއެމް އޮފީސްދޮށަށް 3.45 އަށް ދިވެހި ހުރިހާ ލޮބުވެތިރައްޔިތުން ވަޑައިގެންދެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް.

ޝުޖާއު ވިދާޅުވީ މާދަމާގެ ސުލްހަވެރި އިހްތިޖާޖަށް ވަޑައިގެން ފާޅުކުރާ ޝުއޫރަކީ ރައީސް ޔާމީން އަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

މިއޮތީ މިކަން ވަރަށް ފަސޭހަ ކަމާއެކީ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންގޮސްފައި. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޝުޖާއު ވިދާޅުވީ ފުލުހުންނާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ޕީޕީއެމް އިން ރައީސް ޔާމީން މިނިވަންކުރުަމަށް ގޮވާލާ މި ފަހުން މާލޭގައި ކޮންމެ ރެއަކު ބާއްވާ މުޒާހަރާތަކުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ވާހަކަ ދަންނަވާފައިވާ ކަމަށެވެ. އޭގެތެރޭގައި ފުލުހުން ބޮޑީކެމެރާ އޮންނުކޮށް މުޒާހަރާގައި އުޅޭ ވާހަކަ އާއި ރޭގަނޑުގެ އިހުތިޖާޖުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ނަންޓެގް ނައްޓާލާފައި ހުންނަ މައްސަލަ ވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ފުލުހުންނަށް ހުށަހެޅުނު ކަންތައްތައް އިސްލާހުކޮށްދެއްވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުން ގޭގައި ނުތިއްބަވާ ހުރިހާ ރައްޔިތުން މާދަމާ ހަވީރު ޕީޕީއެމް ދޮށަށް އައިސް ސުލްހަވެރި އިހްތިޖާޖުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި އިހްތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިން ހަވީރު 3.45 ގައި އަދި ނިމޭނީ ވެސް ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން ފުލުހުންގެ އެދުމުގެ މަތިން މުޒާހަރާ ކުރިއަށް ދާނީ ސުލްހަވެރިކަމާއެކު ފުލުހުން ހުއްދަދީފައިވާ ސަރަހައްދުތަކުގައި ދީފައިއޮތް ޗާޓުގެ ތެރެއިން ކަމަށް ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އެއްވެސް އިރެއްގައި މަގުމަތީގައި އޮޕަރޭޓް ކުރަމުންގެންދާ މުޒާހަރާ ތަކުގައި އަދި ކުރިން އަޅުގަނޑުމެން ކުރަމުން އައި މުޒާހަރާ ތަކުގައި ދުވަހަކުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް އެނގި ވަޑައިގަންނަވާނެ އަޅުގަނޑުމެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައި ނުހުންނާނެ. ފުލުހުންގެ ގަޔަށް ބޮލަށް އަރާފައި ނުހުންނާނެ. ހަޑިބަހުން ވާހަކަ ދައްކާފައި ނޯންނާނެ. ޕީޕީއެމް އަކީ ހަމަ އަބަދުވެސް އަހުލާގީ މިންގަޑު ތެރޭގައި ކޮންމެ ކަމެއް ކުރިއަށް ކުރަމުންދާ ބައެއް. އެހެންވީމަ އަޅުގަނޑުވެސް އެދެނީ ހުކުރުދުވަހުގެ 3.45 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ފެށޭ އިހްތިޖާޖަކީ ޕޮލިހުންނާ ގުޅިިގެން ފޮލިހުން ދިން ރޫޓްގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ގެންދާ އިހްތިޖާޖަކަށް ވުން.

މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީން އަށް ތާއީދު ކުރައްވާ ވީހާވެސް ގިނަ ރައްޔިތުން މުޒާހަރާގައި ބައިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: