ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ރިއެކްޓެއް ނުކުރައްވާ : ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރިއެކްޓް ނުކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން އިވެންޓެއްގައި ވިދާޅުވީ ރައީސް ސާލިހު ގިނަ ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށެވެ.

 ނުވި ނުވި. ރިއެކްޓެއް ނުކުރެއްވި. ވެށިފެހި މާލެ ޕްރޮގްރާމަށްވެސް އެއްވެސް ރިއެކްޝަނެއް ނެތް. އެއް ދަންފަޅީގެ މަދަރުސާ އަކަށްވެސް ނެތޭ ރިއެކްޝަނެއް.

މި ވެރިކަމުގައި މާލެއިން އަދި ރަށްރަށުން ބޯހިޔާވަހިކަމެއް ނުލިބުނު ކަމަށާއި ހިއްކާފައިވާ ބިންތައް ވެސް ހަމަސް ދުވަހުގެ ތެރޭގައި ދޭން މެނިފެސްޓޯގައި ހިމެނި ނަމަވެސް އެކަމެއް ނުވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރު ޓެކްސް ބޮޑުކޮށް ދައުލަތުގެ ހަރަދުކުރަކުރަން ޖެހި ދަތީގެ ތެރެއަށް ރައްޔިތުންގ ފުރޮޅިގެންދާ ކަމަށެވެ. އަދި ސަރުކާރާ އެއްބަސް ނުވެވުނީ އެ ސަބަބާ ހުރެެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2019 ވަނަ އަހަރުއްސުރެން ފެށިގެން ދަރަނީގެ ވާހަކަ ރައީސް އަރިހުގައި ނުދަންނަވާ ހަފްތާ އެއް ނުދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިއެއް ރައްޔިތުންނަށް ވެރިކަމެއް ނުކޮށްދެވޭނެ ފަހު ވަކި ލާރިއަށް ނުބަލައެއް. ލާރިކޮޅަށް ވާގޮތް ކޮންމެދުވަަހަކު ހަވީރު ބައްލަވަންޖެހޭނެ. ފިނޭންސުން އެމައުލޫމާތު ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ލިބިވަޑައިގަންނަވަން ޖެހޭނެ. ދަރަންޏަށް ވާގޮތް އަޅުގަނޑުމެން ނުބަލާ އަދި އަޅުގަނޑު ބުނީތީވެ އެ އަލުން އަނބުރާ އެކުލަވާނުލާ ކުރިއަށް އަޅުގަނޑުމެން މިދިޔައީ. 2023 ވަނަ އަހަރު. އެހެންވީމާ މިއޮތީ ދަރަނި އަނބުރާ ދެއްކުމުގެ ދަތި އަޅުގަނޑު މެންނަށް ދިމާވެފައި. އެކަމުން އަރައިގަތުމަށް ޓަކައި ޓެކްސް ބޮޑުކުރަން ޖެހިފައި.

ރައީސް ނަޝީދު ވިދާޅުވީ ދެން އުފެދޭ ރައީސް ނަޝީދުގެ ވެރިކަމެއްގައި ޓެކްސް ކުޑަ ކުރާނެ ކަމަށެވެ.

ޓެކްސް ކުޑަކުރާނަން. ތަކެތީގެ އަގު އިންފްލޭޝަން ދަށަށް ދާނެ. ދަށަށް ދާނެ. ތިބޭފުޅުންގެ ހާސްކަމަށް އަޅުގަނޑު މެން ޝިފާއެއް، ލުޔެއް އިރާދަ ކުރެއްވިއްޔާ ގެނެސްދޭނަން.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނާއި ދެކޮޅު ޕާޓީ އެއް ކަމަށެވެ. ނަމަވެސް ފެނިގެން ދަނީ ކޮރަޕްޝަނާއި އަޅައިނުލެވޭ ތަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: