ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފަރ ފީ ކުޑަކުރަން އެމްޕީއެލް އިން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން އެކްސްޕޯޓް ކޮންޓެއިނަރ ފީ ކުޑަ ކުރުމަށް ނިންމައިފިއެވެ.

އެމްޕީއެލް އިން އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފަރ ފީ ކުޑަކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެންނެވެ. އެކްސްޕޯޓް ކޮންޓެރިނަރ ޓްރާންސްފަރ ފީ ކުޑަ ކުރުމާ ގުޅިގެން މިހާރު އެ ހިދުމަތަށް ނަގަމުންދާ އަގުތައް 75 އިންސައްތަ ކުޑަވެގެންދާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

20 ފޫޓުގެ ކޮންޓެއިނަރަކުން މިހާރު 4419 ރުފިޔާ ނަގާއިރު، އަންނަ އަހަރުން ފެށިގެން ނަގާނީ 1132 ރުފިޔާއެވެ.

40 ފޫޓްގެ ކޮންޓެއިނަރަކުން ކުރިން 8767 ރުފިޔާ ނަގާއިރު، އަންނަ އަހަރުން ފެށިގެން ނަގާނީ 2264 ރުފިޔާއެވެ.

މި އަގުތަކަށް ގެނައި ބަދަލުތަކާ އެކީ އެމްޕީއެލްއިން ވަނީ ރާއްޖެއިން ބޭރަށް ކަނޑު މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކާ ވެސް މިއަދު ބައްދަލުކޮށްފައެވެ.

އެގޮތުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެކްސްޕޯޓް ކޮންޓެެއިނާ ޓްރާންސްފާ ކުރުމަށް ނަގާ އަގުތަށް ކުޑަ ކުރީ އެކްސްޕޯޓަރުން އަގުތަކާ މެދު ކަންބޮޑުވުން ފާޅުކުރުމުން ކަމަށެވެ.

އެމްޕީއެލްއިން ބުނީ މި ބަދަލަކީ ރާއްޖެއިން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ މަގު ފަހިކޮށްދިނުމާއެކު، ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި އިތުރަށް ކުރި އަރުވައި، އެކްސްޕޯޓް ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: