ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ ނަޝީދަށް: ވެރިކަމުގައި ކެބިނެޓު އިސްތިއުފާދޭން އެންގީ “ހަނީމޫނު” ނިމުނުތަނާ

މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ވަނަ އަހަރު ވުޖޫދަށް އައި އެމްޑީޕީގެ ސަރުކާރުގެ ކެބިނެޓު އިސްތިއުފާދިނުމަށް އެންގެވީ “ހަނީމޫން ޕީރިއަޑް” ނިމިގެން އައުމާއިއެކުކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ކައިވެންޏެއް ކުރުމަކީ ފަސޭހަކަމެއް ކަމަށެވެ. އަދި “ހަނީމޫން” ގައި ލޯބިން އުޅެވުނު ނަމަވެސް ކައިވެންޏެއް ދެމެހެއްޓުމަކީ ބުރަ މަސައްކަތްތަކެއް ކޮށްގެންވާ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސަރުކާރެއް ދެމެހެއްޓުމަކީ ކައިވެންޏެއް ދެމެހެއްޓުން ފަދަ ކަމެއް ކަމަށް އިޝާރާތްކުރައްވާ މާރިޔާ ވިދާޅުވީ، 2008 ވަނަ އަހަރުވެސް އެމްޑީޕީގެ ސަރުކާރެއް ވުޖޫދަށް ގަނެސްފައިވާނެކަމަށެވެ. އެހެންނަމަވެސް “ހަނީމޫން ޕީރިއަޑު” ނިމުމާއިއެކު ކެބިނެޓުގެ އެންމެހާ މެމްބަރުން އިސްތިއުފާދެއްވުމަަށް ވިދާޅުވިކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ފެނިގެންދަނީ ތަފާތު މަންޒަރެއްކަމަށެވެ. އެތައް ގޮންޖެހުމެއް ހުރިނަމަވެސް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ސަރުކާރެއް ދަމަހައްޓަވާ މަންޒަރު ފެނިގެންދާކަމަށާއި ކޯލިޝަން ޕާޓްނާޒްވެސް އެކުގައި ތިއްބެވިކަމަށް ފާހަގަކުރެއްވިއެވެ.

އެކަމަނާވަނީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސާލިހަށް އަމާޒު ކުރެއްވި ފާޑުކިޔުންތަކަށްވެސް އަލިއަޅުއްވާފައެވެ. އެގޮތުން ރައީސް ސާލިހު “ރިއެކްޓު” ނުކުރައްވާކަމަށް ވިދާޅުވިކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ އެއްވެސް އިރެއްގައި “ރިއެކްޓު” ކުރާ ޕާޓީއެއް ނޫންކަމަށެވެ. އަދި އެމްޑީޕީއަކީ “ޕްރޯއެކްޓު” ކުރާ ޕާޓީއެއްކަމަށާއި އަބަދުވެސް ދައްކަމުންދަނީ “ހަ ކުޅި ކުރިއަށް ކުޅޭ ވާހަކަަ” ކަމަަށްވެސް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ ބަޔަކު ފަހަތުން ބަޔަކު ކުރާ ކަމެއް ބަލަމުންދާ ބައެއް ނޫންކަމަށެވެ. އެހެންކަމުން “ހަ ކުޅި ކުރިއަށް ކުޅޭ” ވާހަކަ ދައްކަމުން އައި ބަޔަކު ކުއްލިޔަކަށް “ރިއެކްޓުގެ” ވާހަކަދައްކަން ފެށުމުން ހިތާމަކުރައްވާކަމަށެވެ. އަދި އެ ވިސްނުމަކީ އެމްޑީޕީގެ ވިސްނުމާއި ބީރައްޓެހި ވިސްނުމެއް ކަމަށާއި އެމްޑީޕީ ކުރިއަށް ދާނީ “ޕްރޯއެކްޓު” ކުރާ ޕާޓީއެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: