ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގައި ތިބޭއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއެކްޓް ކުރަންޖެހޭނެ: ވަހީދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ތިބޭ ފަރާތްތަކުން ރައްޔިތުން ކަންބޮޑުވުންތަކަށް ރިއެކްޓް ކުރަންޖެހޭނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް މުހައްމަދު ނަޝީދުގެ ކެމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ވަހީދު މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް “ރިއެކްޓް” ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ރައްދު ދެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޮެއިން ތެރެއިން ރައީސް ނަޝީދު ބޭއްވި ކެމްޮެއިން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ  ރައީސް ސާލިހު ގިނަ ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ  މި ވެރިކަމުގައި މާލެއިން އަދި ރަށްރަށުން ބޯހިޔާވަހިކަމެއް ނުލިބުނު ކަމަށާއި ހިއްކާފައިވާ ބިންތައް ވެސް ހަމަސް ދުވަހުގެ ތެރޭގައި ދޭން މެނިފެސްޓޯގައި ހިމެނި ނަމަވެސް އެކަމެއް ވެސް ރައީސް ސާލިޙްއަށް ނުވި ކަމަށާއި ރިއެކްޓް ނުކުރެއްވި ކަމަށެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކަށް ރައްދު ދެއްވައި އެމްޑީ÷ީގެ ޗެއާޕާސަންގެ މަގާމް ވެސް ކުރިން އަދާކުރައްވާފައިވާ މާރިޔާ ދީދީ ރައީސް ސާލިޙްގެ ކެމްޮެއިން ޖަލްސާގައި ވިދާޅުވީ އެމްޑީޕީއަކީ އެއްވެސް އިރެއްގައި “ރިއެކްޓު” ކުރާ ޕާޓީއެއް ނޫންކަމަށެވެ. އަދި އެމްޑީޕީއަކީ “ޕްރޯއެކްޓު” ކުރާ ޕާޓީއެއްކަމަށާއި އަބަދުވެސް ދައްކަމުންދަނީ “ހަ ކުޅި ކުރިއަށް ކުޅޭ ވާހަކަަ” ކަމަަށްވެސް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ ބަޔަކު ފަހަތުން ބަޔަކު ކުރާ ކަމެއް ބަލަމުންދާ ބައެއް ނޫންކަމަށެވެ. އެހެންކަމުން “ހަ ކުޅި ކުރިއަށް ކުޅޭ” ވާހަކަ ދައްކަމުން އައި ބަޔަކު ކުއްލިޔަކަށް “ރިއެކްޓުގެ” ވާހަކަދައްކަން ފެށުމުން ހިތާމަކުރައްވާކަމަށެވެ. އަދި އެ ވިސްނުމަކީ އެމްޑީޕީގެ ވިސްނުމާއި ބީރައްޓެހި ވިސްނުމެއް ކަމަށާއި އެމްޑީޕީ ކުރިއަށް ދާނީ “ޕްރޯއެކްޓު” ކުރާ ޕާޓީއެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވައި ވަހީދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ  ވެރިކަމުގައި ތިބޭއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއެކްޓް ކުރަންޖެހޭނެ ކަމަށާއި ޚިޔާނާތަށް ރިއެކްޓް ކުރަންޖެހޭނެ ކަމަށެވެ. އަދި މަރުތަކަށް ރިއެކްޓް ކުރަންޖެހޭނެ ކަމަށާއި ބޮން ގޮއްވީމާ ރިއެކްޓް ކުރަންޖެހޭނެ ކަމަށާއި މީގެއިތުރުން “ދަރާ ބޯހިކެން ނެތް ހިސާބަށް ދާއިރު ރިއެކްޓް ކުރަންޖެހޭނެ” ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: