ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ނުކުޅެދޭ ސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުންގެ މައްޗަށް ލާޒިމް: ހީނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނަށް މިއަދު ލާޒިމްވެގެންދަނީ މި ނާގާބިލު، ނުކުޅެދޭ. ވައްކަންކުރަމުން މިދާ ސަރުކާރަށް ނޫނެކޭ ބުނެ މިސަރުކާރު ބަލިކަށިކޮށްލުން ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ އިއްޔެ ޕީޕީއެމް އިން މުޅި ރާއްޖޭގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމުން އަދި ޖަލަށް ލައިގެން މި ސަރުކާރުން ދެމުންދާ އަނިޔާ އާ ދެކޮޅަށް ކުރިއަށްދިޔަ ސަބަބުވެރި ހިނގާލުން ފުރިހަމަކަމާއެކު ކުރިއަށް ދިޔަ ކަމަށެވެ.

ހީނާ ވަނީ ސަބަބުވެރި ހިނގާލުން އިންތިޒާމްކުރުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކާއި ޕީޕީއެމްގެ ދާއިރާ ރައީސުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި ޕީޕީއެމްގެ އާއްމު މެމްބަރުންނާއި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ހީނާ ވިދާޅުވި ގޮތުގައި މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރުކަމަށްވީ ނަމަވެސް އިއްޔެގެ އިހްތިޖާޖްގައި ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަބަބުވެރި ހިނގާލުން ކުރިއަށްދިޔަ ވަގުތުގައި ރައީސް ޔާމީންއަށް ކޮށްފައިވާ ހަރާމް ހުކުން ބަލައިނުގަންނަ ކަމާއި ދިވެހި ހުރިހާ ރައްޔިތުން ރައީސް ޔާމީން މިނިވަންކުރަން ބޭނުންވާކަން ހާމަވެގެން ގޮސްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން ހީނާ ވަނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކޮށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދިނުމަށް  ސަރުކާރަށް ގޮވާލާފައެވެ.

ހީނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޕީޕީއެމް އިން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިތުރު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ރެއަކު ސިލްސިލާ ގޮތެއްގައި ޕީޕީއެމް އިން ކުރިއަށްގެންދާ މުޒާހަރާތައް، ސުލްހަވެރި އިހްތިޖާޖުތައް ކޮންމެ ރެއަކުވެސް ކުރިއަށްދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މި ސަރުކާރުން އެއްވެއުޅުމުގެ މިނިވަންކަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަޅަމުންދާ ހުރަސްތައް ޕީޕީއެމް އިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެގޮތުން މިހާރުވެސް ޕީޕީއެމްގެ ސެނެޓަރ އަދި ދާއިރާ ރައީސް އެއް ކަމަށްވާ އިބްރާޙިމް ޒަމީލް އާއި ސްޓިއަރިންގ ކޮމިޓީގެ މެމްބަރު އަބްދުﷲ އަޒްލީ ވަނީ 15 ދުވަހުގެ ބަންދު މުއްދަތު ޖަހާފައިކަމަށް ހީނާ ވިދާޅުވިއެވެ. އެދެބޭފުޅުންވެސް މިހާރުން މިހާރަށް ދޫކޮށްލުމަށް ހީނާ ގޮވާލެއްވިއެވެ.

ދިވެހި ފުލުހުންނަށް ދަންނަވާލަން ބޭނުންވަނީ ޣައިރު ގާނޫނީގޮތުން މިސަރުކާރުން އަންގާ މިފަދަ އެންގުންތަކަށް ތަބާނުވެ އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށާއި ސުލްހަވެރި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުރުސަތު ދިނުމަށް.

ހީނާ ވިދާޅުވީ 2023 ވަނަ އަހަރާއި ކުރިމަތިލާއިރު ރައްޔިތުންވަނީ ވަރަށް އަތްމަތި ދަތިވެފައިކަމަށާއި ކުރިމަތިލަނީ ގިލަންވެރި 2023 ވަނަ އަހަރަކާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ހޮވުމަށްޓަކައި ރައްޔިތުންނަށް ތަފާތުއެކި ގޮތްގޮތުން ތަފާތުއެކި ކަހަލަ ނުފުއްދޭ ވައުދުތައް ވަމުންގެންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މިރޭ 12 އިން ފެށިގެން ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުވެ ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން އެ ތަކްލީފުތައް ފާހަގަކުރުމަށް މިރޭ ހަވާ އެރުވުމުގެ ހާއްސަ ރަސްމިއްޔާތެއް އޮތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ހީނާ ވަލީދު ހަމާއިގެ ހުރެގެން ދައްކާވާހަކައެއްތަ ނޫނީ ހަމައިން ނެއްޓިގެން ދެއްކޭ ވާހަކައެއްތޯ.

  2. މިކަހަލަ ސިޔާސީ ރަންޑިން ގިނަވީމަ ސިޔާސީ މައިދާން ހަރާބުވޭ، އަނިޔާވެރި 5އަހަރު މުޒާހަރާ ކީއްކުރަންތޯ ސަރުކާރާބެހޭގޮތުން ބަހެއްބުނެލިޔަސް ޖަލައްލާ ޖޫރިމާނާކޮށް ހަދަމުންދިޔައީ، އޭރު މުޒާހަރާކުރަންޖެހުނީ ޕޭމަންޓްމަތީ، މުޒާހަރާ ބަލާލަން ނުކުންނަމީހާވެސް ގެންގޮސް ޖަލައްލާ ބަންދުކުރަމުންދިޔައީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: