ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުތެރޭގައި އުންމީދުތަކާއިއެކު ގޮންޖެހުންތަކާއިވެސް ކުރިމަތިލާންޖެހޭނެ: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރަކީ އުންމީދާއި އެކު ގޮންޖުންތައްވެސް ކުރިމަތިވެގެންދާނެ އަހަރަކަށްވެގެންދާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ ތަހުނިޔާ އަރިސްކުރައްވާ، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދުވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ކުރިމަތިވެގެންދާނެކަމަށް ލަފާކުރައްވާ ގޮންޖެހުންތަކަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި އަހަރުތެރޭގައި ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ދިމާވެގެންދާނެ ދަތިތައް ތަހައްމަލު ކުރަންޖެހޭނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންފްލޭޝަން ރޭޓު މައްޗަށް ގޮސް ތަކެތީގެ އަގުތައް އުފުލިދިއުމުގެ ސަބަބުން ކުރިމަތިވެގެންދާނެ ދަތިތަކާއިވެސް ކުރިމަތިލުން އޮތީކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ތެރެއިން އުނދަގޫތަކެއް ވެގެންދާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުރަމުންދާ ނޭދެވޭ އަސަރުތައް ދަނީ އިތުރުވަމުންކަަމަށެވެ. އެހެންނަމަވެސް ކަންކަން ހައްލު ކުރުމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ތެރޭގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށް ރައިސް ނަޝީދު ލަފާކުރައްވާއިރު، ރައީސް ސާލިހުވަނި އެމަނިކުފާނު ފޮނުއްވި ތަހުނިޔާ މެސެޖުގައި ދިވެހިރާއްޖެއަށް ރަނގަޅު ގޮތްތަކެއް ވެދާނެކަމަށް އުންމީދު ކުރައްވާކަމަށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: