ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ހުކުމަކީ ފާސިގުންގެ ބަހަށް ކުރި ހުކުމެއް: އާދަމް ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަށް އިއްވި 11 އަހަރުގެ ޖަހު ހުކުމް އިއްވުމުގައި ފާސިގުންގެ ހެކިބަސް ނަގައިގެން ޝަރީއަތް ކޮށް ސަރުކާރުން ހެކި އުފެއްދުމަށް ސަރުކާރުގެ މުއައްސަސާތައް ބޭނުންކޮށް  ކަނޑައެޅިގެން ފާސިގުންނާއި މުއާމަލާތްކުރި ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އާދަމް ޝަރީފް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޔާމީނަށް ކުރަމުން އައީ ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ. ހިޔާނާތްވެ، މަނީ ލޯންޑާރ ކުރިކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލީ 2023 އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރާނެކަން ސަރުކާރަށް އެނގޭތީކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެންވެ އެމަނިކުފާނާއި ދެކޮޅަށް ހެކި އުފައްދައި، ނުހިނގާކަމެއް ހިނގިކަމަށް ދެއްކުމަށް ދައުލަތުން ބޭނުން ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސްކަން އޭނާ ފާހަގަ ކުރި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ވެސް ގިނަ ހެކިތައް ހުށަހެޅި އިރު، މައްސަލައިގެ ހުކުމް ކުރީ ވަކިކޮޅަކަށް ބުރަވެކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކޯޓުގައި ކުރިއަށްދިޔަ ދުވަސްވަރުގައި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެ މައްސަލައިގައި އޮތް ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު ޝަރީއަތް ފެށުމަށް ތާވަލުކުރި ވަގުތަށް ވުރެ ލަހުން ޝަރީއަތުގެ މަޖިލިސް ފެށުން އޭނާ ފާހަގަކުރެއްވި އެވެ. އަޑުއެހުން ފެށުމަށް ތާވަލު ކުރި ގަޑިއަށް ވުރެ ތިން ގަޑިއިރު ލަހުން ފެށުން އެއީ މައްސަލައަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ހާމަވާ ސަބަބެއްކަމަށާއި، އެ ދުވަހު ކޯޓުގެ ތެރޭގައި ހިނގި ކަންތައްތަކުގެ ބައެއް މައުލޫމާތު ލިބިފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިނުމަށް، އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވާހަކަ ދެއްކިކަމަށް ބުނާ އޯޑިއޯގެ މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވީ އެ ޝަކުވާތައް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެހެންކަމުން، އެ މަސައްކަތް ނިމުމާއި އެކު މައުލޫމާތު ހިއްސާ ކުރާނެކަން ފާހަގަކުރި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ކޯޓްތަކަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށާއި ކޯޓްތައް ގާއިމްކޮށްފައި ވަނީ އިސްލާމީ ޝަރީއަތުގައި ހުކުމްތައް ކުރުަމަށް ރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކުން ކަނޑައަޅާފައި ހުންނަ ތަންތަން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީއަށް އިދިކޮޅުން އިހްތިރާމް ކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ މައްސަލައިގައި ހަމައެކަނި އަބަދުވެސް ދިއްކުރަންވާނީ  ރައީސް ޔާމީމް އުފައްދަވާފައިވާ ޕާޓީއަށް އެކަނި ނޫން ކަމުގައި އާދަމް ޝަރާފް ވިދާޅުވިއެވެ.

”ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މީޑިއާގައި ވަރަށް މަޝްހޫރުވެގެން ދިޔަ ބަސްތަކެއް ހުންނާނެ. ގަންޖާބޯ، ގޮޅާބޯ. މިވާހަކަތައް ކިޔަމުންދިޔަ އިނގޭތޯ. އަދި އެއަށްފަހުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ބޮޑެތި ޓެރަރިޒަމް ގެ އަމަލުތަކެއްވެސް ސިޔާސީ ޕާޓީ ތަކުން ހިންގާފައިވޭ އިނގޭތޯ. އެހެންވީމަ އެކަންކަން އެހިނގާ ދިޔައިރު އެއީ ކަމަކަށް ނުވެފައި އަޅުގަނޑުމެން ހަރާމް ހުކުމެކޭ ބުނީމަ އެހާބޮޑަށް ބިރުގަންނަނީ އެއީ ހަގީގަތުގައިވެސް އޭގެ ޒާތުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެހުކުމުގައި ހަމަ މައްސަލަތަކެއް ހުރިކަމަށް. އެބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި ޖާއިޒް ނޫން ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ.“

ރައީސް ޔާމީނަށް ކުރީ ހަރާމް ހުކުމެއް ކަމަށް ބުނުމުން އެކަމާ ކަންބޮޑު ވަނީ ސަރުކާރަށް ވެސް އެހުކުމްގައި މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަކުރެވޭތީކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އާދަމްޝަރީފް ވިދާޅުވީ ސަރުކާރުން ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ރައީސް ޔާމީންގެ ހުކުމަށް ނުފޫޒު ފޯރުވާފައިވާ ކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: