ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހްގެ ކެމްޕޭން ތަރުޖަމާނަކަށް މާރިޔާ ހަމަޖައްސައިފި

މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ތަރުޖަމާނަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހަމަޖައްސައިފިއެވެ.

 

ރައީސް ސާލިހުގެ ކެމްޕޭން މެނޭޖަރު އަދި  ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ކުރެއްވި ޓްވީޓެއްގައިވަނީ ކެމްޕޭން އާއި ގުޅޭ މައުލޫމާތު މީޑިއާ އާ ހިއްސާ ކުރައްވާނީ ކެމްޕޭންގެ ސްޕޯކްސްްޕާސަން ކަމަށެވެ.

އެހެންކަމުން ރައީސް ސާލިހްގެ ފަރާތުން މީޑިއާ އަށް ދޭންޖެހޭ މައުލޫމާތުތަކާއި ޕްރެސް ކޮންފަރެންސް ތަކުގައި  ކުރިއަށް އޮތްތަނުގައި މާރިޔާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މާރިޔާ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ސާލިހުގެ ތަރުޖަމާނުކަން ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސާލިހް އެވެ. މި ދެބޭފުޅުންވެސް ގެންދަވަނީ ފޯރިގަދަ ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: