ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ޕީއެންސީއަކުން ވެރިކަން ވައްޓާލާކަށް މަސައްކަތްތެއް ނުކުރޭ: އާދަމް ޝަރީފް

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޕީއެންސީީގެ ނައބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަގާވާތަކުން ސަރުކާރު ވައްޓާލުމަށް އިދިކޮޅު ކޯލިޝަނުން މަސައްކަތްކުރަމުންދާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ ވިދާޅުވުމާއިއެކު، އިދިކޮޅުން އެ ތުހުމަތުތައް ދޮގުކޮށްފިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މަސައްކަތްކުރަމުންދަނީ ވާދަވެރިކަމާއިއެކު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބު ކޮށްދިނުމަށްކަމަށާއި އެކަމުގެ އަމާޒަކީ ބަގާވާތެއްކޮށްގެން ސަރުކާރު ވައްޓާލުންކަމަށް ޑރ ޑީޑީ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްޑީޕީ އޮތީ ރައީސް ސާލިހު އާއި އެކުކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޑރ ޑީޑީގެ ތުހުމަތުތަކަށް ރައްދު ދެއްވައި، ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އެމްޑިޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވަމުންދާ އެއްވެސް ކެނޑިޑޭޓަކަށް ކެމްޕެއިން ކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.

އެނާ ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ސަރުކާރު ވައްޓާލުމަށް މަސައްކަތްތަކެއް ނުކުރާކަމަށެވެ. އަދި އެ ކޯލިޝަނުން ރާއްޖޭގެ ވެރިކަން ބަދަލު ކުރާނީ ވޯޓު މެދުވެރިކޮށް ކަމަށާއި، ގައުމުގައި ހަމަޖެހުން ގާއިމުވެފައި އޮންނާނީ އެ އުސޫލުގެ ދަށުންކަމަށް އެނާ ފާހަގަކުރެއްވިއެވެ. އާދަމް ވިދާޅުވީ، އިދިކޮޅުގެ އަމާޒަކީ ރައީސް ޔާމީންގެ ޒައާމަތުގެ ދަށުން “ރައްޔިތުންގެ” ވެރިކަމެއް ކުރުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: