ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޗާލު މިސްކިތް“ ހަރަކާތަށް ބޮޑު ތަރުހީބެއް، ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައި!

މާލެ ސިޓީ ކައުންސިލްގެ ޗާލު މިސްކިތް ފަންޑް ރެއިޒިން ހަރަކާތުގެ ތެރެއިން ފޮޓޯ/ ސިޓީ ކައުންސިލް:
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ މިސްކިއްތަކުގެ މަރާމާތަށް ފައިސާ ހޯދުމަށް “ޗާލު މިސްކިތް” ގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފަންޑްރައިސިން އިވެންޓަށް ލިބުނު ބޮޑު ތަރުހީބާއި އެކު ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ އެއްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ބޭނުންވާ ފަންޑު ހޯދުމަށް ހަރަކާތެއް ރޭވީ ކުރިޔަށް އޮތީ ރޯދަ މަސްކަމަށްވުމާއި އެކު އެވެ. ޗާލު މިސްކިތް ނަމުގައި ކުރިޔަށް ގެންދިޔަ ފަންޑްރައިޒިން އިވެންޓުން ފުރަތަމަ ދުވަހު އެކަނި ވެސް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރި އެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔަ ސަބަބެއްކަމަށް ސިޓީ ކައުންސިލުން ބުނީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓް އަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވާތީ އެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް “ޗާލު މިސްކިތް” ގެ ނަމުގައި ހަރަކާތެއް ކުރިޔަށް ގެންދިޔައީކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

ފަންޑު ހޯދުމަށް ކުރިޔަށް ގެންދިޔަ ދެ ދުވަހުގެ ޕްރޮގްރާމުގައި ލިބުނު ޖުމްލަ އަދަދަކީ 744،713 (ހަތް ލައްހަ ސާޅީސް ހަތަރު ހާސް ހަތްސަތޭކަ ތޭރަ) ރުފިޔާ އެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ފުރަތަމަ ދުވަހު 313397.90 (ތިން ލައްކަ ތޭރަ ހާސް ތިންސަތޭކަ ނުވަދިހަ ހަތް) ރުފިޔާ ވަނީ ލިބިފައެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާއި ނުލާކަމަށް ވާތީކކަމަށް ބުނެ އެވެ.

ހަރަކާތާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވައި މާލޭގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައި ވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ 9 މިލިއަން ހަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށްކަން މޭޔަރު ފާހަގަކުރި އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: