ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތް މަރާމާތު ކުރުމަށް ސަރުކާރުން ހަމަޖައްސައި ދިނީ އެއް މިލިއަން ރުފިޔާ: މުއިއްޒު

މޭޔަރު މުއިއްޒު: ފޮޓޯ/ ސިޓީ ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ އާބާތުރަ ފިލުވަމުންގެންދާ މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ސިޓީ ކައުންސިލިގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މިސްކިތްތައް މަރާމާތްކުރުމަށް މާލެ ސިޓީ ކައުންސިލަށް ދިން ފައިސާއަށް ވީގޮތެއް ނޭނގޭ ކަމަށާއި މިހާތަނަށް ފައިސާ ހަރަދު ކުރި ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނެތްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހަވާލާދީ ބައެއް މީޑިއާތަކުން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، މަރާމާތު ކުރުމަށް ކޮންމެ އަހަރަކަށް ވެސް ވަކި ބަޖެޓެއް ކަނޑައަޅާފައިވާއިރު އެ އުސޫލުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ވެސް ފައިސާ ދޫކުރެވުނުކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާއި ގުޅިގެން މުއިއްޒު ވިދާޅުވީ، 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގެ މިސްކިތްތައް ބަލަހައްޓައި މަރާމާތުކުރުމަށް “ރެއިމްބާސް” އުސޫލުން ސަރުކާރުން އިތުރު 2 މިލިއަން ރުފިޔާ ދޭން ނިންމި ނަމަވެސް އެ ފައިސާ ވެސް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައި ނުވާކަމަށެވެ. މޭޔަރު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލީ މާލެ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށާއި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުން ބޮޑަތި މަރާމާތުތައް ނުކުރެވޭތީ ކަމަށާއި ފެނާއި ކަރަންޓު ބިލް ދެއްކުމަށް ވަކިން ބަޖެޓެއް ދީފައި ނުވާތީ ކަމަށެވެ.

ނޫސްވެރިންގެ ބައެއް ސުވާލުތަަކަށް މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެ 9 މިލިއަން ހަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށް ކަން މޭޔަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: