ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް މަޝްރޫއުތައް ހިންގަމުން ދިޔަ ގޮތް ރައްޔިތުންނަށް ފެންނާނެ: ރައީސް ސާލިހު

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް މަޝްރޫއުތައް ހިންގަމުން ދިޔަ ގޮތް ރައްޔިތުންނަށް ފެންނާނެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބ އޭދަފުށީގައި ބޭއްވި “އިބޫ 2023” ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވަނީ އެ ރަށަށް ވެފައިވާ ވައުދުތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެ ރަށުގައި ގާއިމްކުރައްވަން ވައުދުވެވަޑައިގެންނެވި ލަސްވަމުންދާ ހޮސްޕިޓަލް، ޑައިރެކްޓް އެވާޑްއެއްގެ ގޮތުގައި ސަރުކާރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ނަމަވެސް ކުރިއަށް އޮތް އެއް މަސް ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށާނަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެ ވާހަކަތައް ދައްކަވަނީ ހަމަ ވާހަކައެއް ދައްކާލުމަށްނޫންކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް މަޝްރުއުތައް ހިންގަމުން ދިޔަ ގޮތް ރައްޔިތުންނަށް ފެންނާނެކަމަށެވެ.

އެހެންވީމާ މި ދައްކާ ވާހަކަތަކާއި އެއްގޮތަށް ސަރުކާރުން އަމަލުކުރާނެ، ކުންފުނިތަކުން މަސައްކަތް ކުރާނެ. އެއީ ޝައްކެއް އޮތްކަމެއް ނޫން.

އެބޭފުޅުން ސަރުކާރާއި ހަވާލުވީއިރު، އޭދަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް އެގޭނެކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ މި މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށެވެ. އަދި މީގެ އިތުރުން އޭދަފުށީގައި އިތުރު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ބަޖެޓުގައި ހައުސިން އެޅުމަށް ކަނޑައަޅާފައިވާ ބަޖެޓުން އޭދަފުއްޓަށް ބޭނުންވާވަރު ހިމަނާންކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ބ. ތުޅާދޫ އެއާޕޯޓު އެޅުމުގެ މަޝްރޫއު ކޮންޓްރެކްޓަރަކާއި ހަވާލުކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެތިން ހަފްތާ ތެރޭ އަޅުގަނޑުމެން އެކަން ކުރުމަށްޓަކާ ބަޔަކާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން މިއަދު އަރުވަން

މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ގައުމަށް މުހިންމު އިންތިހާބެއްކަމަށް ރައީސް ވިދާޅުވިއެވެ. ޒަމާންތަކެއް ވަންދެން ނުކުރެވި ހުރި އަސާސީ އެތައް ކަމެއް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ކޮށްފައިވާކަން ރައީސް ފާޙަގަކުރައްވާ ރައީސް ސަލިހު ވިދާޅުވީ ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމަށްޓަކައި މި ސަރުކާރު ދެމި އޮތުން މުހިންމު ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް ފާހަގަކުރެއްވިއެވެ.

މި ޕްރައިމަރީގައި ރައީސް ސާލިހާއި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިއްޖެނަމަ ރައްޔިތުން މަގުމަތިވާނެއެވެ. އަދި ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންފިނަމަ އެތައް ވޯޓެއް ގެއްލި، އެމްޑީޕީއަށް ވެރިކަން ނުހޯދޭނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: