ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަކީ ހަލަބޮލިކަަމަށް ލޯބިކުރައްވާ ބޭފުޅެއް، ގައުމަށް ހަމަޖެހުމެއް ނުގެނެސްދެއްވޭނެ: ރޮޒައިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ހަލަބޮލިކަމަށް ލޯބިކުރައްވާ ބޭފުޅެއްކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒާއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ އެތެެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވަމުންދާ އިރު، ރޮޒައިނާވަނީ ރައީސް ނަޝީދާއި އެކު ކުރިއަށް ގޮސްފިނަމަ ރާއްޖެއަށް ހަމަޖެހުމެއް ނުލިބޭނެކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުކުރައްވާ ރޮޒައިނާ ވިދާޅުވީ، ހަލަބޮލިކަމަށް ލޯބިކުރާ މީހަކަށް ހަމަޖެހުމެއް ނުގެނެސްދެވޭނެކަމަށެވެ. އަދި ރައީސް ނަޝީދަކީވެސް އެ ކަމަށް ލޯބިކުރައްވާ ބޭފުޅެއްކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، އެ ސަބަބައްޓަކައި ރައީސް ނަޝީދުގެ ވެރިކަމެއްގެ ތެރެއިން ދިވެހިރާއްޖެއަށް ހަމަޖެހުމުގެ ފުރުސަތެއް ނޯންނާނެކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ރައީސް ސާލިހަކީ ހަމަޖެހުމަށް ލޯބިކުރައްވާ ބޭފުޅެއްކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ހަމަޖެހުން ގެނެސްދެއްވޭނީވެސް އެމަނިކުފާނަަށް ކަމަށް ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން އިތުރުވެ، ރައީސް ސާލިހު އަދި ރައީސް ނަޝީދާއި ދެމެދުވެސް ބަހުގެ ހަމަލާތައް ރައްދު މީގެ ކުރިން ރައީސް ނަޝީދުވަނީ ކޯލިޝަން ހެއްދެވުމާއިމެދު ރައީސް ސާލިހަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެހެންނަމަވެސް ދާދި ފަހުން ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ދެވަނަ ބުރަކަށް ގޮސްފި ހާލަތެއްގައި ތާއީދު ބޮޑު ޕާޓީއަކާއިއެކު ކޯލިޝަން ހައްދަވާނެކަމަށް ވިދާޅުވުމާއިއެކު، ރައީސް ސާލިހުވެސް ވަނީ އެކަމާއި ފާޑުވިދާޅުވެފައެވެ.

ރައީސް ސާލިހު ވިދާޅުވީ، ކޯލިޝަންއަކީ އެކަނި ހެއްދެވޭ އެއްޗެއް ނޫންކަމަށެވެ. އަދި އެކަމަށް ގިނަ ބަޔަކު ގުޅެން ޖެހޭކަމަށާއި، ކޯލިޝަނެއް ހެއްދެވުނު ނަމަވެސް އެ ކޯލިޝަން ދެމެެހެއްޓުމަކީވެސް ކުރައްވަންޖޭހެ މަސައްކަތެއްކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: