ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ދެމެހެއްޓުމަށް އެމްޑީޕީ ޕްރައިމަރީ މުހިއްމު ދައުރެއް އަދާކުރޭ: ރައީސް

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މިއޮތް ސަރުކާރު ދެމެހެއްޓުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި ބ އަތޮޅަށް ކުރެއްވި ދަތުރުގައި އޭދަފުށީގައި ރައީސް ވިދާޅުވީ 2013 އިން ފެށިގެން 2018 އާ ހަމައަށް ރާއްޖޭގައި ވެރިކަން ކުރި ފަރާތުން އަމަލުކުރަމުން ދިޔައީ ތަފާތުކުރުންތަކާއި އެކު ކަމަށެވެ.

އެގޮތުން ރާއްޖޭގައި އޮތް ހަމަނުޖެހުން ނަގާލާ މަގުތަކުގެ އަމަންއަމާންކަން ގެއްލި  ބިރުވެރިކަން ކުރީ ސަރުކާރުގައި ފެތުރިގެން ގޮސްފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

” މިއަދު ވިސްނަންވީ އަނެއްކާވެސް އެނބުރި އެއަނިޔާވެރިކަމުގެ ތެރެއަށް އަޅުގަނޑުމެން ދާނީތޯ ނުވަތަ ނޫންތޯ. މީގަ އެމްޑީޕީގެ މެމްބަރުންގެ ވަރަށް މުހިއްމު ދައުރެއް އެބައޮތް. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކިހިނެތްތޯ ފުންކޮށް ވިސްނަން އެބަޖެހޭ. މާޒީވެދިޔަ ހިތި ތަޖުރިބާގެ އަލީގައި ޕާޓީގެ ފަރާތުން ނިކުމެ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކީ ކޮބައިތޯ އެބަ ބަލަންޖެހޭ.

ރައީސް ވިދާޅުވި ގޮތުގައި ބ އަތޮޅަކީ އިސްލާހީ މަސައްކަތުގައި މުހިއްުމު ދައުރެއް އަދާކުރަމުން އައި އަތޮޅެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން އިސްލާހީ ހަރަކާތުގެ އިސްސަފުގައި ބ އަތޮޅުގެ ގިނަފަރާތްތަކެއް މަސައްކަތް ކުރެއްވި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްޑީޕީ އުފެދިގެން މިއަދާހަމައަށް ކުރިމަތިވި ހުރިހާ ކަމެއްގައި ހާއްސަކޮށް މަޖިލީހާއި އެނޫންގޮތްގޮތުން ވިޔަސް އެކިހަރަކާތްތަކުގައި ބ އަތޮޅުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ބައެއް މަސައްކަތް ކުރެވި މަސައްކަތް ފެށި އަނެއްބައި މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އެގޮތުން އެކަންކަން ކުރުމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެކަމަކީ ގައުމީ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކުރިއަށް އޮތް 5 އަހަރުދުވަހު ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަނެއްކާވެސް ނިކުންނާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވަނީ ބ. އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ބ. އަތޮޅު ތުޅާދޫގައި މި އަހަރުގެ ތެރޭގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވާދަވެރިން ދައްކަވާ ވާހަކަތަކާއިމެދު ބައެއްފަހަރު ވިސްނަން ޖެހޭ ކަމަށާއި އެގޮތުން އަމިއްލަ މީހުންގެ ވިޔަފާރިތެރެއަށް ސަރުކާރުން ވަނުމަކީ ކުރަން ހެޔޮވާކަމެއް ނޫން ކަމަށް ބުނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ތެރޭގައި އެ އިންޑަސްޓްރީގައި ސަރުކާރުން އިންވެސްޓް ނުކުރާ ވާހަކަ ދައްކަމުންގެންދޭ. އެހެން ނަމަވެސް  މަސްވެރިކަމަކީ އަދި ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލައިގެން އޭގެ ރަނގަޅު ފައިދާ ލިބޭނެ ކަމަކަށް ނުވާތީ އަޅުގަނޑުމެންނަކަށް އަދި އެކަން ދޫކޮށްލެވޭކަށް ނެތް. ސަރުކާރުން މިއަންނަނީ މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ އެތައް މަޝްރޫއުތަކެއް ކުރިއަށް ގެންދަމުން. މިވާހަކަ މިހެން ދައްކަވަމުން ދެންމި ވިދާޅުވަނީ މާލޭގެ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކޮށް ސަރުކާރަށް ތިމަންނަމެން ޓެކްސީތައް ނަގާނަމޭ. މީ ކޮންބައެއްގެ ވިޔަފާރިއެއްގެ ވާހަކައެއްތޯ؟ ވަކިވަކި އިންޑިވިޖުއަލް ދުއްވާ ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަ. ސަރުކާރުންނޭ ދެން ދުއްވާނީ. ޓެކްސީ ޑްރައިވަރުންނަށް ތިމަންނަމެން ވަޒީފާ ދޭނަމޭ. އެއީއެއް ނޫން އެކަން ކުރަންޖެހޭނެ ގޮތަކީ. ކަމަކު ނުދޭ އެގޮތެއް. އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އައު ޓެކްސީ ހޯދާ ޓެކްސީ ޑަރައިވަރުންނަށް ދިގުމުއްދަތުގައި ފައިސާ ދެއްކޭ ގޮތަށް އާ ކާރު ހަވާލުކުރުން.

މިއަހަރުގެ ތެރޭގައި އާ ކާރުތައް ގެނެސް މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަަކަށް ދިގުމުއްދަތުން ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ކާރުތައް ހަވާލުކުރާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ބ. ތުޅާދޫގައި ހޮސްޕިޓަލެއް އެޅުމަކީ ވެފައިވާ ވައުދެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެހެންކަމުން ލަސްވަމުންދާ ތުޅާދޫ ހޮސްޕިޓަލް ޑައިރެކްޓް އެވޯޑެއްގެ ގޮތުގައި ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް ކުރިއަށް އޮތް މަހުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ދަތިހާލަތުގައިވެސް މަޝްރޫއުތައް ހިންގަމުން ދިޔަ ގޮތް ވާނީ ރައްޔިތުންނަށް ފެނިފައިކަމަށާއި އެހެންކަމުން ސަރުކާރުން ވާ ވައުދުތައް ފުއްދަމުންގެންދާނެ ކަމަށެވެ.

އޭދަފުށީގެ މަގުތައް ހެދުމާއި މިސަރުކާރުން ހަވާލުވިއިރު އޮތްގޮތް އެނގޭނެ ކަމަށާއި އެކަމުގައި ލަސްތަކެއް އުޅުނު ނަމަވެސް އެމަސައްކަތް ލަސްތަކެއް ނުވެ އެމްޓީސީސީއިން ކޮށް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭދަފުއްޓަށް ބޭނުންވާ ވަރަށް މުހިއްމު ދެކަމެއް އެބައޮތް. ހުޅަނގު ފަރާތުގައި ބަނދަރެއް ހެދުމާއި ރަށުގައި ދިރިއުޅޭ މީހުންނަށް ހައުސިންގ ގާއިމްކޮށްދިނުން. މިއަހަރުގެ ބަޖެޓްގައި ބަނދަރުހެދުމުގެ ބައި އެއޮތީ ހިމަނާފައި. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އޭދަފުށީގައި އެ ބޭނުންވާ ގޮތަށް ބަނދަރެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ. އަދި މިއަހަރުގެ ބަޖެޓްގައި ހައުސިންގ އެޅުމަށް އޮންނާނެ ވަކި ރަށްތަކެއް އަޅުގަނޑުމެން ނުޖަހައި. އޭގެ ތެރެއިން  އޭދަފުއްޓަށް ބޭނުންވާ ވަރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަޖެޓްގެ ތެރެއިން ހަމަޖައްސާ މިރަށުގައި ހައުސިންގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެން.

ރައްޔިތުން ކޮށްދޭންވި ކަމަކީ އެކުގައި ތިއްބެވުން ކަމަށާއި މި ޕްރައިމަރީގައި ރައީސް ސާލިހަށް ވޯޓް ދެއްވައި އެއްކޮށްނިކުމެ އެންމެން އެކީގައި ގަނޑުކޮށް ވޯޓް އަޅައި އިންތިހާބު ކާމިޔާބު ކުރުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ޢީރާދަކުރެއްވިއްޔާ މިކަންތައްތައް ބާރަށް ހަލުވިކޮށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ. ދެންވިސްނަންވީ މީ އެތެރޭގެ އިންތިހާބެއްކަން. މި ނިމުމާއެކު ބަޔަކު ދެން ތިބެދާނެ ކަންނޭނގެ ތަންކޮޅެއް ދުރުގައި. އެހެންނަމަވެސް އަޅުގަނޑު ކުރިއަށްދާނީ މުޅިޕާޓީއާއެކު.

އެމްޑީޕީގެ އެންމެނާއެކު ތަފާތުއެކި ފިކުރާއި އަދ ގައުމު ތަރައްގީ ކުރުމަށް ބޭނުންވާ ވަކި ޕާޓީއަށް ނިސްބަތްނުވާ އެތައްްބައެއް ރާއްޖޭގައި އެބަތިބި ކަކަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ކުރިއަށް ވަޑައިގަންނަވާނީ ހުރިހާ ފަރާތްތަކެއްގެ ވިސްނުމާއި ހިޔާލާއެކުގައި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: