ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގައި ތިބެގެން މުޒާހިރާ ކުރަންޖެހޭ ސަބަބެއް ނުފެނޭ: ރައީސް ސާލިހު

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ތިބެގެން މުޒާހިރާ ކުރަންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ފަރާތުން  މާލޭގައި ކެމްޕޭން ޓީމްތަކާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ މުޒާހަރާ ކުރުމުގައި އުސޫލެއް އޮންނަން ވާނެ ކަމަށެވެ.

އެ އިހުސާސް ނުކުރެވޭ އެކަން ނޭނގޭ ބަޔަކު ޕާޓީތެރޭގައި ތިބެދާނެ. މާދުރުގައި ތިބީމަ އެއީ. އެހެން ނަމަވެސް މޭޑޭ އާއި އަނެއްޑޭ އަކާއި އެހެންގޮސް ކިޔާނެ ކަމެއް ނެތް. އޭރު މަގުމަތީގައި އަޅުގަނޑުމެން އެކުރި އިހުތިޖާޖްތަކާއި އެއްޗިއްސަކީ ތާރީހުގައި ޑރ ޑީޑީ ކިތައްފަހަރުތޯ ޖަލަށްލީ؟ ކިތައް ދުވަހު ތޯ އޮތީ؟ މިހެންގޮސް އަޅުގަނޑުމެންނަށް ނަންކިޔާލެވިދާނެ މިރޭ ކިތަންމެ ބޭފުޅެއް. މިހުންނެވި ޝާހިދު ވެސް ޖަލަށް ގެންދިޔައޭ އިނގޭތޯ މަހު މެދުގައި ބައްދަލުވުމެއް ބާއްވައިގެން. އެގޮތަށް މިތަނުން ފެންނާނެ. މުޒާހިރާ ކުރަންޖެހޭނެ. އިހުތިޖާޖް ވެސް ކުރަންޖެހޭނެ. ފެންނަގޮތް ހާމަވެސް ކުރަންޖެހޭނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އެދުވަހުގެ ހާލަތަކީ ވެރިކަމުގައި ތިބިއިރުވެސް މުޒާހިރާ ކުރީ. އިދިކޮޅުގައި ތިބިއިރުވެސް މުޒާހަރާ. ކޮންމެވެސް ހަމައެއް އޮންނަން ޖެހޭނެ. ކޮންމެވެސް އުސޫލެއް އޮންނަން ޖެހޭނެ. އަޅުގަނޑަކަށް ނުފެނޭ ވެރިކަމުގައި ތިބެގެން އަޅުގަނޑުމެން މުޒާހިރާ ކުރަންޖެހޭ ސަބަބެއް. ސަރުކާރު ބަދަލުވީމާ އަޑު އުފުލޭ ގޮތަށް އުފުލާނީ.

އެމްޑީޕީ އިން ފަށައިގެން ކުރިއަށްގެންދަނީ ވަރަށް މުހިއްމު ކެމްޕޭނެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ އިސްލާހީ ހަރަކާތަކީ ގައުމަށް ގެންނަން ފެށި ހަރަކާތަކީ މީގެ އެތަށް ދުވަހެއްގެ ކުރިން ފަށައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ތަންކޮޅެއް ދުަރަށް ޖެހިލާއިރުގައި، އެެއީ 1980 ގެ ފަހުކޮޅު. އަޅުގަނޑުމެން މިހަރަކާތަށް ނިކުތީ. މިތާ ތިއްބަވާނެ އޭރުއްސުރެ ފަށައިގެން މިހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން. އަޅުގަނޑުމެން މިއަދާ ހިސާބަށް ކުރަމުން އައި މަސައްކަތަކީ އޭރަކު ކުރަންޖެހުނު ކަމެއް ތަރުތީބުން ކުރަމުން ކުރަމުން މިއައީ. ފުރަތަމަ އަޅުގަނޑުމެން އެހަރަކާތުގައި ވަރަށް ސިއްރުން ފިލާތިބެ ސިޓީލިޔެ ގޭގެއަށައި މަގުމައްޗަށް އެޅީ. އެއީ އޭރުއެކަން ކުރެވެން އޮތް ގޮތް. ނޫސް ނެރުނިން. ހަފްތާ މަޖައްލާ ނެރުނިން. އޭގެތެރޭގައި ސަންގާއި އައްޑުވަހާއި ހުކުރާއި ފިޔެސް އާއި އަދި ފަހަތަށް ޖެހިލާއިރު  މިނިވަން ނޫހާއި މިނިވަން ރޭޑިއޯއާއި މިހެންގޮސް އޭރަކު ކުރަންޖެހުނު ކަމެއް ތަރުތީބުން ކުރަމުން އައީ. އޭގެ ހަރަކާތް ތަކުގައި އިސްކޮށްތިބި މީހުންގެ ނަން އަޅުގަނޑު ކޮންމެހެން ކިޔާކަށް ނެތިން. ކޮންމެހެން އަޅުގަނޑު އޭގައި އަދާކުރި ދައުރުގެ ވާހަކަ އަޅުގަނޑު އަމިއްލައަށް ދައްކާކަށް ނެތިން. އެވާހަކަ އަޅުގަނޑު ބާއްވާނީ. އަޅުގަނޑުމެން އެއަށް ފަހުގައި މި ގެންނަން ބޭނުންވި ބަދަލުތައް ގެނައުމުގައި ދެން އަޅުގަނޑުމެން ކުރި އެންމެ މުހިއްމު ކަމަކީ ގާނޫނު އަސާސީ ބަދަލުކުރުން.

ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބުރަ މަސައްކަތުގައި އެމްޑީޕީގެ ހުރިހާ މެމްބަރުން ކުރެއްވި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލިސް ތެރެއިން އެމްޑީޕީ އިން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރުގައި އެކަމަށް ހިތްވަރު ދިނުމަށް އާއްމު މެމްބަރުން ނިކުމެ ތިއްބެވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެދުވަސްވަރަކީ ވަރަށް އުނދަގޫ ދުވަސްވަރެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

2012 އިން ފެށިގެން 2018 އާ ހަމައަށް އެމްޑީޕީ ތިބީ މަގުމަތީގައި އަނިޔާގެ ތެރޭގައި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

 އަޅުގަނޑުމެން އެކުރި މަސައްކަތުން އަޅުގަނޑުމެންނަށް ލިބުނު ގާނޫނު އަސާސީ މެދުވެރިކޮށް އިންތިހާބަކަށް އަޅުގަނޑުމެން ދިޔައިން. އަނެއްކާވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް ޕާޓީ އާއި އިތުރު އެތައްބައެއްގެ އެހީއާ އެކުގައި އަޅުގަނޑުމެން ވެރިކަމަށް އައީ. އެއަށްފަހުގައި ދެން އެވީގޮތެއް އެވީ. އަނެއްކާވެސް މަގުމައްޗަށް. އަނެއްކާވެސް އެއަނިޔާވެރިކަމުގެ ތެރެއަށް. އޭރު އަނިޔާލިބުނު އެތައްބަޔަކު މިތާ އެބަތިބި. މިނިސްޓަރު މާރިޔާ އެވިދާޅުވި ފަދައިން އޭގެ އެއްބޭފުޅެއް ރީކޯ  މޫސަ އަކީ. އެއީ ހަމަ ލިސްޓުގެ އެންމެ ކުރީގައި ހިމަނަންޖެހޭ ބޭފުޅެއް. އަދިވެސް މިތާ އެބަތިބި. މާރިޔާ އެވިދާޅުވާ ދުވަހު އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް އެރިއިރުގައި އެއްފަރާތުގައި އީސަ މެދުގައި ކަނާތްފަރާތުގައި މާރިޔާ ވާތް ފަރާތުގައި އަޅުގަނޑު ތިބެގެން އަރައިގެން ދިޔައީ. އަޅުގަނޑަށް އެތަނުން ސަލާމަތް ވެވުނީ ފަހަރުގައި އަޅުގަނޑު ތަންކޮޅެއް ބާރަށް ހަލުވި ވީމަ ކަމަށް ވެދާނެ. ސްލޯވިނަމަކާ އެދުވަހަކު ނުވީސް އެކަމެއް. ދެން މާރިޔާ އަށް އެވެން ދިޔަގޮތް މޫސަ އަށް އެވެން ދިޔަގޮތް އެކިޔާދިނީ. އެއަށް ފަހުގައި އަޅުގަނޑުމެން އަނެއްކާވެސް މަގުމަތިވެގެން ދިޔައީ.

ރޭގެ ޖަލްސާގައި ރައީސް ސާލިހު ވަނީ އޭރުގައި އެމްޑީޕީގެ ހާލަތާއި މިހާރު އެމްޑީޕީގެ ހާލަތުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވައި ރައްޔިތުން އެކަމާ މެދު ވިސްނުމަށް އެދިވަޑައިގެން ޕްރައިމަރީގައި ލާ ވޯޓަކީ މުހިއްމު ވޯޓެއް ކަމަށް ވިދާޅުވެ އެވޯޓް އިސްރާފުވިޔަ ނުދިނުމަށް މެމްބަރުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުަމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: