ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑާޝިޕް ކޮލިޓީ ހުރި މީހަކަށް ފަހަތަށް ޖެހެން ޖެހޭ ވަގުތު ވެސް އިނގޭނެ: މާރިޔާ

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެމްޕެއިނުގެ ތެރެއިން/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލީޑަރޝިޕް ކޮލިޓީ ހުރި މީހަކަަށް ފަހަތަށްޖެހެންޖެހޭ ވަގުތުގައި ފަހަތަށްޖެހި ލީޑަރޝިޕަށް ތާއީދުކުރަން އެނގޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ  ދަރުބާރުގޭގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހު، މާލޭގެ ކެމްޕޭން ޓީމްތަކާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މަސައްކަތް ކުރަނީ ލިބުނު އަނިޔާ އަށް ވުރެ ބޮޑަށް ސާލިހް އާއެކުގައި ކެމްޕޭންގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރޭގެ ބައްދަލުވުން ދަރުބާރުގޭގެ ފާށަނާ މާލަމުގައި ބޭއްވިގެންދަނީ އެކަމުގައި މާޒީއެއް އެކުލެވޭތީ ކަމަށެވެ.

”8 ފެބްރުއަރީގައި އެމްޑީޕީގެ ގިނަ ބޭފުޅުން މިތަނަށް ވަޑައިގެންފައި ހުންނާނީ. ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ހުށަހެޅީ. އެގަރާރު ހުށަހެޅުއްވީ ރައީސް ސާލިހު. ތާއީދު ކުރީ އަޅުގަނޑު. ދެން އަޅުގަނޑުމެން ނުކުމެގެން އެދިޔަގޮތަށް ދިޔައީ. ކޮންމެ ކުރާ މަސައްކަތެއްގައި އަޅުގަނޑުމެން އެންމެން މި މަސައްކަތްކުރަނީ ޓީމެއްހެން. އެެހެންވީމަ ޓީމް ވޯކް އަޅުގަނޑުމެންނަށް ބޭނުން. މަޖިލީސް ތެރޭގައި މަސައްކަތް ކުރާއިރުވެސް އަޅުގަނޑުމެންނަށް ޓީމް ވޯކް ބޭނުންވޭ. ވެރިޔަަކަށް ވާން އެނގުމަކީ ވެރިޔަކަށް ހުރެ އަދި ލީޑަރޝިޕްގެ ކޮލިޓީއަކީ ޖެހެންޖެހޭ ވަގުތުތަކުގައި ފަހަތަށް ޖެހިލާފައި ލީޑަރޝިޕަށް ސަޕޯޓް ކުރަންވެސް ދަންނަންޖެހޭނެ. ހަމައެކަނި ތިމާ އަބަދު މިއީ ވެރިމީހާއޭ ކިޔައިގެން ނިކުމެ އެހެންމީހަކަށް އެސިސްޓު ކޮށްދިނުމުގެ ގޮތުގައި ހަމަ ލީޑަރޝިޕް ރޯލްސް ކުޅެވޭނެ. އެއީ ލީޑަރޝިޕަކީ..“ މާރިޔާ

ލީޑަރޝިޕް އަކީ އެހީތެރިކަން ބޭނުންވާ ވަގުތު އެހީތެރިކަން ފޯރުކޮށްދީ އެހީތެރިކަމާއެކީގައި އުޅެ މީހުންނާއެކީގައި އުޅެން ދަސްވުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން މާރިޔާ ވިދާޅުވީ އެމްޑީޕީން ސިޔާސީ މަސައްކަތް ފެށިއިރު ރައީސް ސާލިހަކީ އެންމެ ގާތް ބޭފުޅާ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވި ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސާލިހުގެ އެކުވެރިކަން ދެމިއޮތީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގަންނަވަންދެން ކަމަށެވެ.

”މަޖިލިސް ތެރެއިން ވެސް އަޅުގަނޑުމެންނަށް ފެނުނީ އެހެން. ހަރަކާތްތެރިވެގެން އެހުރިހާ ގޮތަކަށް އަޅުގަނޑުމެން އުޅުނު އިރުވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ހަމަ އެމަންޒަރު. އެކީގައި މަސައްކަތްޕުޅު ކުރައްވާތަން. ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރެއްގެ ހައިސިއްޔަތުން މައިނޯރިޓީ ލީޑަރެއްގެ ހައިސިއްޔަތުން އަދި މަގުތަކުގައި މުޒާހިރާ ކުރާއިރުވެސް މިރޭވުންތަކުގައިވެސް ރައީސް ސާލިހު ހުރިހާ އިރެއްގައިވެސް އުޅުއްވާ. އެކީގައި އުޅެވުނީ. އަޅުގަނޑުވެސް އުޅުނީ ހިތްވަރާ އެކީގައި. މިއަދު އަޅުގަނޑުމެން ނިކުމެ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އެމްޑީޕީ އަށް ސަރުކާރެއް ދެންލިބޭނީ ރައީސް ސާލިހާ އެކީގައި ކަމަށް ފެނިގެން އަޅުގަނޑުމެން އަމިއްލައަށް އިހްތިޔާރު ކޮށް އެކަމަށް ނުކުތީމަ އަޅުގަނޑުމެން ނުވި އެމްޑީޕީ މީހުންނަށްވެސް.“ މާރިޔާ

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ތާއީދު ކުރުމުން ހައިރާން ކުރުވަނިވި ކަންތައްތައް ފެނިގެންދާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެބޭފުޅުން ހަމައެކަނި ކޮށްލަނީ ޝޯޝަލް މީޑިއާ ކެމްޕޭން ނޫން ކަމަށެވެ.

”އަޅުގަނޑުމެން މިކުރާ ކެމްޕޭނަކީ މި މާލޭގައި މިއުޅޭ ހުރިހާ ބޭފުޅުންނާ ވެސް ކައިރިން އެކީގައި މީހުންނާ އެކީގައި އެކަން ކުރުން..“

މާރިޔާ ވިދާޅުވީ ރައްޔިތުންގެ ހާލު އެނގޭނީ ރައްޔިތުން ކައިރިއަށް ގޮސް ހާލު ބަލާ ހަދާ ބަޔަކަށް ކަމަށާއި ރައީސް ސާލިހުގެ ކެމްޕޭން ޓީމުން ކުރަމުން ގެންދަނީ އެމަސައްކަތް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: