ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ދުވެލި ގޮތުގައި ވޯލްޑު ބެންކުން އަންދާޒާކުރަނީ ރާއްޖެއިން ލަފާކުރިވަރަށްވުރެ މަތީ އަދަދެއް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި ގޮތުގައި ވޯލްޑު ބޭންކުން އަންދާޒާކޮށްފައިވަނީ އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީއިން އަންދާޒާކޮށްފައިވާ ވަރަށްވުރެ އިތުރު އިންސައްތައެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލީގެ ފޯކާސްޓު ގޮތުގައި ވޯލްޑު ބޭންކުން ޝާއިއުކޮށްފައިވަނީ 12.4 އިންސައްތަކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވީ، ކުރިން އެ މުއައްސަަސާއިން އަންދާޒާކޮށްފައިވަނީ 7.6 އިންސައްތަކަމަށެވެ. އެހެންކަމުން މިހާރު އެ ދުވެލީގެ ރޭޓަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފޯކާސްޓަށް ބަދަލުތަކެއް އައިސްފައިވަނީ ރާއްޖޭގެ އިގްތިސާދު ރުޖޫއަވަމުން އަންނަ މިންގަނޑުވެސް އިތުރުވުމުގެ ސަބަބުންކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ފޯކާސްޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 8.2 އިންސައްތަކަަމަށް ފާހަގަކުރައްވާ ވިދާޅުވީ، މިއީ އެމްއެމްއޭ އަދި ފިނޭންސްއިންވެސް ލަފާކޮށްފައިވާ ވަރަށްވުރެ މަތީ އަދަދެއްކަމަށެވެ.

އަމީރު ވިދާޅުވީ، މި ސަރަހައްދުގައި އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ދިވެހިރާއްޖެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: