ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިއެއްގެ “ތައްޕާހުން” ލިބެން އޮތީ ހަމައެކަނި އަޅުވެތިކަން: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން 80ގެ ބަސްތަކާއި “މައުމޫނީ” ގޮތްތައް އަނެއްކާވެސް ފެންނަން ފަށާފައިވާކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބ އަތޮޅު ދަރަވަންދޫގައި ކުރިއަށް ގެންދެވި ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ކަންބޮޑުވުމެއްގެ ތެރޭގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރަށު ތަރައްގީ އާއި ވަޒީރު ބޭފުޅެއްގެ ގޭދޮށުގައި މުގޯލި އެޅުމާއި، ބާޒާރުކޮށްދިނުން އަދި ނޯކަރީ ކޮށްދިނުމާއި ގުޅިފައިވާހެން ހީވާން ފަށައިފައިވާކަމަށެވެ. އަދި ތަރައްގީއާއި އެކަމާއި ގުޅުމެއް އޮވެގެން ނުވާނެކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، “ވެރިއެއްގެ ތައްޕާހުން” ލިބޭނީ އެންމެ ކަމެއް ކަމަށެވެ. އަދި އެއީ އަޅުވެތިކަންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެ ބަޔަކު ހޯދާފައިވާ ހައްގުތަކަކީ އެ ބައެއްގެ އެއްޗެއް ކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު 80ގެ އަހަރުތަކުގެ ތެރޭގައި އިވެމުންދިޔަ ފަދަ ބަސްތައް އަނެއްކާވެސް ގިނަ ފަހަރެއްގެ މަތިން އިވިފައިވާކަމަށެވެ. އަދި އެއީ “މައުމޫނީ” ގޮތްތަކެއް ކަމަށާއި އެމީހަކުގެ ފިކުރު ހުރި ގޮތެއްގެ ސަބަބުން، ވަޒީފާގެ ބިރު ހީވުމާއި ގޮންޖެހުންތައް ކުރިމަތިވުމަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ފެނިގެންދިޔަ މަންޒަރުތަކެއް ނަމަވެސް، މިހާރު އަނެއްކާވެސް އެފަދަ މަންޒަރުތަކެއް ފެންނަން ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކުރައްވާ ބޭފުޅަކު ވޯޓު އަޅާފާނެ ގޮތާއިމެދު ކަންބޮޑުވެގެން ސަރުކާރުންވަނީ އެނާ އެހެން ތަނަކަށް ބަދަލުކޮށްފައިކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް އެމަނިކުފާނު ރަށްތަކަށް ޒިޔާރަތްކުރައްވާ ވަގުތު ޕޭރެންޓް ޓީޗާ މީޓިން ފަދަ ހަރަކާތްތައް ކުރިއަށް ގެންދަމުންދާކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުގައި ޒަމާނުއްސުރެ ކުރަމުންދިޔަ ކަންކަން ކަމަށާއި، އެފަދަ އަމަލުތައް ފެންމަތިވަމުންދާކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ނުކުމެ ހުންނެވީ އެފަދަ އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ވޯޓު ދޭނެ ގޮތަށް އެއްވެސް އެހެން ފަރާތަކަށް ނުފޫޒު ފޯރުވިގެން ނުވާނެކަމަށެވެ. އަދި އިންތިހާބު ކުރާ މަޖިލީސް މެމްބަރުންނާއި ކައުންސިލަރުން ފަދަ ބޭފުޅުންގެ މަގާމަކީ އެފަދަ ކަންކަމުގައި ވިޔަފާރި އުސޫލުން މުއާމަލާތްކުރުމަށް ގެންގުޅޭ މަގާމެއް ނޫންކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ މަގާމުތަކަށް މީހުން އިންތިހާބު ކުރީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ ކިބައިންވެސް ނޭދެވޭ އަމަލުތައް ފެންނަން ފަށާފައިވާކަމަށެވެ. އަދި އެފަދަ އަމަލުތައް އެއްވެސް ހާލަތެއްގައި ބަލައިނުގަނެވޭކަމަށާއި އެފަދަ ބޭފުޅުންނަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އެމްޑީޕީއިން އިންތިހާބުކޮށްފައިވާ ބޭފުޅުންކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ ބޭފުޅުން ވަކާލާތު ކުރަންޖެހޭނީ ރައްޔިތުންގެ ހައްގުގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މެމްބަރުންގެ ގާނޫނީ ވާޖިބަކީ ވަޒީރުން ރުއްސުން ނޫންކަމަށެވެ. އަދި ގާނޫނީ ވާޖިބަކީ ރައްޔިތުންގެ މަޖިލީހަށް ގެނެސް ވަޒީރުން ޖަވާބުދާރީ ކުރުވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: