ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާތައް އުފެދެނީ، ހިންގާ މަޝްރޫއުތައް އިތުވާތީ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކުންފުނިތަކުގައި ވަޒީފާތައް އުފެދޭ މިންވަރު ގިނަވަނީ، ސަރުކާރުން ހިންގާ މަޝްރޫއުތައް އިތުރުވާތީކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ވާދަކުރައްވާ ކެނޑިޑޭޓު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރު ކުންފުނިތަކުގެ އިސްރާފު ބޮޑު ވާހަކައިގެ އިތުރުން، ސަރުކާރުން ބޭކާރު ހަރަދުކުރައްވާކަމަށް ފާހަގަކޮށް، އަދި ސަރުކާރުން ގިނަ ވަޒީފާތައް ދެނީ ރައްޔިތުން އަޅުދާސްތުކުރަންކަމަށް ވިދާޅުވެފައިވާތީ، ނޫސްވެރިއަކު ވަނީ އެކަން ފާހަގަކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިއުވާން އާއި ސުވާލުކޮށްފައެވެ. ނޫސްވެރިޔާ އެދިފައިވަނީ މި ތުހުމަތުތަކަށް ތަފްސީލީ ޖަވާބެއް ދެއްވުމަށެވެ.

މިއުވާން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގައި ވަރަށް ގިނަ ވަޒީފާ އުފެދޭކަމަށެވެ. މިއުވާން ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބަކީ ޕްރޮޖެކްޓްތައް އިތުރުވުމެވެ.

މަޝްރުއުތައް ގިނަވާ ވަރަކަށް، ތަރައްގީގެ ޕްރޮޖެކްޓްތައް ގިނަވާ ވަރަކަށް ވަޒީފާ އިތުރުވާނެ އިގޭތޯ، ދިވެހި ރައްޔިތުންނަށް ވަޒީފާ ލިބިގެން އެދަނީ

މަސައްކަތަށް ނުހިނގާކަމުގެ ވާހަކަދައްކަވާ ބޭފުޅުން ވަޒީފާތައް އުފައްދާކަމަށް ދެންނެވުމުން، އެ ފާހަގަކުރެވެނީ މަޝްރޫއުތައް ހިގާކަމުގެ ވާހަކަކަންކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ އެއްވެސް ތަނެއްގައި މަސައްކަތް ނެތި ވަޒީފާ ދީފައި ނޯންނާނެކަމަށެވެ.

ސަރުކާރުން ބޮޑެތި ހަރަދުތައް ކުރާ ސިޔާސީ މަގާމުތަކާއި ދެކޮޅަށް މީގެ ކުރިން އެމްޑީޕީން ވާހަކަ ދެއްކި ނަމަވެސް މި ވެރިކަމުގައި އުފެދި ސިޔާސީ މަގާމުތައް ވަނީ މިދިޔަ ދައުރާއި އަޅާ ބަލައި އިތުރުވެފަ އެވެ. އަދި އަންނަ އަހަރު ސިޔާސީ މަގާމުތައް އިތުރު ވާނެކަމަށް 2023 ވަނަ އަހަރަށް ފާސް ކުރި ބަޖެޓުގައިވެ އެވެ.

ހަރަދުތަކާއި މެދު ބޮޑެތި ބަހުސްތަކެއް ކުރަނިކޮށް އަނެއްކާވެސް ސިޔާސީ މަގާމުތަކެއް އުފައްދައި ވަޒީފާތައް ދީފައިވާތީ މިއީ ކޮންމެހެން މުހިންމުކަމެއް ތޯ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި “ސަންގު” އިން ސުވާލު ކުރުމުންވެސް މިއުވާން ވިދާޅުވީ މަސައްކަތެއް ނެތި ސިޔާސީ ވަޒީފާއެއްގައި އެއްވެސް މީހެއް ނުހުންނާނެ ކަމަށެވެ. މިއުވާން ވިދާޅުވީ، މި މަގާމުތައް އުފެއްދުމުގެ ބޭނުނަކީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކޮށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. ތަކުރާރުކޮށް މިއުވާން ވިދާޅުވީ، ކޮންމެ މީހަކު ވެސް ސިޔާސީ މަގާމަކަށް އައްޔަނު ކުރަނީ މަސްއޫލިއްޔަތުތަކާއި އެކު ކަމަށެވެ.

މިއުވާން ވިދާޅުވީ ސިޔާސީ މަގާމެއް އުފައްދަނީ، “ހަމަ މަގާމެއް” ދިނުމުގެ ގޮތުން ނޫން ކަމަށެވެ. އޭނާ މަގާމަށް އަންނަނީ ހަވާލު ކުރެވޭ މަސައްކަތަކާއި އެކުކަމަށް މިއުވާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: