ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިން ދަތުރުތަކަށް ހަރަދުކުރަނީ ކެމްޕެއިން ޓީމުން، ސަޕޯޓިން ޓީމު ދަނީ އެއީ ރައީސުލްޖުމްހުރިއްޔާ ވީމަ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ދަތުރުތަކަށް ހަރަދުކުރައްވަނީ ކެމްޕެއިން ޓީމުންކަމަށާއި، އެމަނިކުފާނާއިއެކުގައި ރައީސް އޮފީހުގެ ސަޕޯޓިން ޓީމް ދަނީ އެމަނިކުފާނަކީ ރައީސުލްޖުމްހުރިއްޔާ ކަމަށްވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންތަކުގައި ރައީސް ސާލިހު ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ސަރުކާރުން ދޮގުކުރައްވައިފިކަމަށް ފާހަގަކޮށް ނޫސްވެރިއަކު ބުނީ ނަމަވެސް ކެމްޕެއިންތަކުގައި ރައީސް އޮފީހުގެ ފޮޓޯގްރާފަރުންނާއި ޕޮލިސީ ލެވެލްގެ ބޭފުޅުންވެސް ހަރަކާތްތެރިވާ ތަން ފެންނަކަމަށެވެ. ނޫސްވެރިޔާ ސުވާލުކުރީ އެ ފަރާތްތަކަށް ހަރަދުކުރަނީ ކިހިނެއްތޯއެވެ.

ޖަވާބުގައި މިއުވާން ވިދާޅުވީ ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުތަކަކީ ކެމްޕެއިން ޓީމުން ހަރަދުކުރައްވައިގެން ކުރާ ދަތުރުތަކެއްކަމަށެވެ. ރައީސް ކޮންމެ ތަނަކަށް ވަޑައިގެންނެވި ނަމަވެސް ހުންނަވަނީ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައިކަމަށްވާތީ، ރައީސް އަރިހުގައި ސެކިއުރިޓީ އާއި ރައީސްގެ ސަޕޯޓް ޓީމް އޮންނާނެކަމަށް މިއުވާން ވިދާޅުވިއެވެ.

އަޅުގަނޑުވެސް ބައެއް ފަހަރު ރައީސްގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ނުވަތަ ކެމްޕެއިން ދަތރުތަކުގައި އެބަ ބައިވެރިވަން. އެހެން ނަމަވެސް އަޅުގަނޑުވެސް އަމިއްލަ ހައިސިއްޔަތުން ކުރާ ބައެއް ކަންކަން ހުންނާނެ. އެހެން ނަމަވެސް އަޅުގަނޑު ހަމަ ރައީސްގެ ސްޕޯކްސް ޕާސަން ގޮތުގައި، ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ގޮތުގައި ކޮންމެ ތަނެއްގައިވެސް ރައީސް އަށް ސަޕޯޓްދޭން އެބަޖެހޭ

ރައީސް ކެމްޕެއިން ދަތުރެއްގައި ރަށެއްގައި ހުންނަވަނިކޮށް މާލޭގައި ކަމެއް ދިމާވާ ހާލަތުގައި އެކަމަކަށް އެޑްރެސް ކުރެވޭނެ މީހުން ރައީސްގެ އަރިހުގައި އެ ރަށެއްގައިވެސް ތިބެން ޖެހޭނެކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ ނަމަވެސް މި ފަރާތްތަކުން ކެމްޕެއިންގައި ހަރަކާތްތެރިނުވާނެކަމަށެވެ.

ޕްރައިމަރީގައި ރައީސް ސާލިހާއި ވާދަކުރައްވާ ކެޑިޑޭޓު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސާލިހަށް މިފަދަ ތުހުމަތުތަކެއް ކުރައްވާ ބަޔާނެއްވެސް ނެރެފައެވެ.

“ފިކުރެއްގެ ދިރުމުން” ނެރުން ނޫސް ބަޔާނުގައި ވަޒީފާގެ ބިރުގެ ވާހަކައިގެ އިތުރުން، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާތަކާއި ހަރަކާތްތަކަށް ދިއުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ އިސްވެރީން އަންގަމުން ގެންދާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިނުވާނަމަ އެ މުވައްޒަފުންނާއިމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު އެކި ގޮތްގޮތުން ދެމުން ގެންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މަގާމުގެ ނާޖާއިޒް ބޭނުން ހިފަމުންދާކަމުގެ ތުހުމަތުތަކެއްވެސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: