ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު މަޖިލީހުގައި އިންދާ ބަޣާވާތަކަށް ދޮރުހުޅުވިގެންނުދާނެ: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނު މަޖިލީހުގައި އިންނަވަނިކޮށް ބަޣާވާތް ކުރުމަށް ދޮރުހުޅުވިގެން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ރޭ ރާޅުގަނޑުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ސަރުކާރުގައި ކަންބޮޑުވުންތަކެއް ހުރިކަމަށާއި ނަމަވެސް ވެރިކަން ދިފާއު ކުރެއްވުމަށް ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

” އަޅުގަނޑުމެން މިރާއްޖޭގެ ވެރިކަން ސަގާ ކުރީ މިއަދު ކުރީގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުން ދޮރު ހުޅުވާލަދެއްވި ބައެއް ބޭފުޅުން ބަޣާވާތުގެ ވާހަކަ އެބަ ދައްކަވާ. އެހެންނަމަވެސް ގަބޫލުފުޅު ކުރައްވާ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި އިންދާ އިރާދަކުރެއްވިއްޔާ އެބާވަތުގެ ކަމެއް ހިނގިޔައެއް ނުދޭނަން.

އެމްޑީޕީއަށް 2018 ވަނަ އަހަރު ވެރިކަން ލިބުނީ 2012 ގައި ރައްޔިތުންނާ ކުރިމަތިލުމަކަށް ނުގޮސް ވެރިކަން ނިމިގެން ދިއުމުން ކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން 2018 ވަނަ އަހަރަށް އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ލަޝްކަރަށް ވެގެން ދިޔައީ ފެބްރުއަރީ 7 ގައި ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2013 ވަނަ އަހަރުގެ އިންތިހާބު ނިންމީ ކޯޓްތަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީނާއި ބައިވެރިވަޑައިގެންނެވި އިއްތިހާދު. ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް އާއި ޝޭހް އިމްރާން އާއި ރައީސް މައުމޫން، ރައީސް ޔާމީނާ އެކުގައި ވަޑައިގެންނެވީ. ގިނަ ދުވަސްތަކެއް ނުވެ އެހުރިހާ ބޭފުޅުން ތިއްބެވީ ޖަލުގައި.

ލިބުނު ފިލާވަޅުން، އެބޭފުޅުން ދެން ގުޅުއްވީ އަޅުގަނޑުމެންނާ. 2018 ވަނަ އަހަރުގެ އިންތިހާބު އަޅުގަނޑު މެން ކާމިޔާބު ކުރީ އެންމެން އެކުގައި. އެދުވަހު އަޅުގަނޑުމެންނަށް ނިންމުނީ ރައީސް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ގެންނަން. އަޅުގަނޑުމެން ބުނިން، އެމްޑީޕީ މެނިފެސްޓޯގައި ލިޔުނު އެކަން ދިގުވެގެންދާނީ 18 މަސްދުވަހަށޭ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހު ނިކުމެވަޑައިގެން އެދުވަހު  ވިދާޅުވީ އެންމެ ދެކެވަޑައިގަންނަވަން ބޭނުންވާ ދުވަހަކީ އަނެއްކާވެސް ރައީސް ނަޝީދު  ވެރިކަން ކުރާ ދުވަސް ކަމަށް ވިދާޅުވި ކަމަށެވެ.

ރައީސް ސާލިހު ނިކުމެ ވަޑައިގެން ވިދާޅުވި ފަސް އަހަރުގެ ދައުރެއްވެސް އެއްދައުރު ވެސް މާދިގޭ. އަޅުގަނޑު ކަންބޮޑުވަނީ އަނެއްކާވެސް އިތުރު ދައުރެއްގެ ވާހަކަ ދައްކަވާތީވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހު ގާނޫނު އަސާސީ އިސްލާހުކޮށްގެން ހަތަރުވަނަ ދައުރެއްގެ ވާހަކަވެސް ދައްކަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ 4 ދައުރު ފެނިގެން ގޮސްފައިވާ ކަމަށާއި ރައީސް މައުމޫނުގެ ދިގުތިރީސް އަހަރު ތަކުރާރުވުމުގެ ފުރުސަތު ރާއްޖޭގައި ދެން އިތުރަށް ދީގެން ނުވާނެ ކަމަށެވެ.

ވެރިކަން ޑިމޮކްރަޓިކް އުސޫލުން ނޫން ގޮތަކަށް ބަދަލުވުމުގެ ފުރުސަތު، އަޅުގަނޑުމެން ކުޑަކޮށްވެސް ދީގެން ނުވާނެ.

މި ސަރުކާރުގެ ޝިޔާރަކީ އޮލިމްޕަހުގައި އަޅުވާނެ އަންނަނީ އަންނަނީ ދެން އަންނަނީ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްްޖެއެވެ.

ސަރުކާރުން ބުނަމުންގެންދަނީ ގިނަ ކަންކަން އަންނަ ކުއާޓަރުގައި އަންނަނީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަމީނީ މަގު ރީތިކޮށް އޮއްވާ އެތަން މާރަނގަޅަށް ހެދުމުން މިހާރު އެތަނުގައި ތާރެއް ނެތް ކަމަށެވެ. އަދި އަންނަނީ އަކީ އެމްޑިޕީގެ މެމްބަރުން ބަލައިގަންނާނެ ސިޔާސަތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ތައާރަފްކުރި ޓެކްސްގެ ނިޒާމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ފައިދާ ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް ތަރައްގީ އަކީ ސަރުކާރުގެ ވެރިން ރުއްސައިގެން ލިބޭ އެއްޗެއްކަމަށް ދެކޭ ބަޔަކު އެބަތިބިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަންނި ވެރިކަމަށް އައިސް ރަށްޔިތުންގެ ޖީބު ފެލަން ޓެކުސްއެއްނަގާ ވެނުމަސް ވެނަށޤ ކާންދޭ އުސޫލުން އަސާސީ ޙިދުމަތްދިނީ ވަރަށް ވަރަށް ސާފް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: