ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަަކުގެ މަރާމާތުގެ މަސައްކަތުގައި މިނިސްޓްރީއިން ދީފައިވާ 1 މިލިއަން މާލެ ސިޓީ ކައުންސިލުން ބޭނުން ނުކުރޭ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު: ފޮޓޯ އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭޭގެ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ އެހީތަކެއް ނުލިބޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އިސްލާމިކް މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

“ޗާލު މިސްކިތް” ނަމުގައި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ފަންޑެއް ހުޅުވައިދެއްވަމުން، ސަރުކާރުގެ ފަރާތުން މިސްކިތްތަކުގެ ލިބެމުންދާ މާލީ އެހީ އެކަށީގެން ނުވާކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުވަނީ ފާހަގަކުރައްވާފައެވެ. އިސްލާމިކް މިނިސްޓްރީއިން ވަނީ މޭޔަރުގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ހަވާލުކޮށްފައިވާ 1 މިލިއަންގެ ބޭނުންކޮށްފައިނުވާކަމަށް އެ ކައުންސިލުން ބުނެފައިވާކަަމަށް ބަޔާނުގައިވެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން، މިސްކިތްތައް ފޮޅާ ސާރުކުރުން އަދި މަރާމާތު ކުރުމަކީ ކައުންސިލުތަކުގެ ޒިންމާއެއްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވާގޮތުން، ދައުލަތުން އެ މަސައްކަތްތައް ކުރުމަށް ބަޖެޓުވެސް ހަވާލު ކުރަނީ ކައުންސިލުތަކާއި ކަމަށެވެ. މިނިސްޓްރީއިން ބުނެފައިވާގޮތުން، މިކަން އެ ގޮތަށް އޮތް ނަމަވެސް އެ މިނިސްޓްރީއިން ދަނީ މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތްތަކުގައި ކައުންސިލުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން 2020 ވަނަ އަހަރު، މިސްކިތްތަކަށް އެހީވާ ޓްރަސްޓު ފަންޑުން އެއް މިލިއަން މާލެ ސިޓީ ކައުންސިލަށް ފޯރުކޮށްދިންކަމަށާއި، މަރާމާތުތައް ކުރުމުގެ އުސޫލަކާއިމެދު ދެ މުއައްސަސާ ދެމެދު އެއްބަސްވުމެއް ގާއިމު ކުރެވުނު ކަމަށް ބުނެފައިވެއެވެ. މިނިސްޓްރީއިން ބުނެފައިވާގޮތުން މާލެ ސިޓީ ކައުންސިލުން ވެވުނު އެއްބަސްވުމާއި އެއްގޮތަށް އަމަލެއް ނުކުރެއެވެ. އަދި މަރާމާތުތައް ކުރި ގޮތުގެ ތަފްސީލެއް ދީފައިނުވާއިރު، މިނިސްޓްރީއިން ދީފައިވާ އެއް މިލިއަން ބޭނުންކޮށްފައިނުވާކަމަށް ކައުންސިލުން ބުނެފައިވާކަމަށް ބަޔާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން، ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް މަރާމާތު ކުރުމަށްޓަކައި ކައުންސިލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހިނގާނެ ހަރަދުތަކުގެ ތަފްސީލެއް ފޮނުވައިދިނުމަށް ކައުންސިލުތަކުގައި އެދިފައިވާނެއެވެ. އަދި ތަފްސީލު ފޮނުވުމުން މިނިސްޓްރީގެ ބަޖެޓުން އެ މަސައްކަތައް 2 މިލިއަން ދިނުމަށް ކަނޑައެޅިފައިވާ ވާހަކަ އަނގާފައިވާ ނަމަވެސް އެ ކަމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން އިތުރު މުއާމަލާތެއް ކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން، މިނިސްޓްރީގެ ބަހެއް ނެތި މަރާމާތުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓްރީ ބަދުނާމުވާގޮތަށް އެކި ފަރާތްތަކުންވަނީ ހަބަރުތައް ގެނެސްދީފައެވެ. އަދި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގައި އަބަދުވެސް އެހީތެރިކަން ދޭނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: