ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ތަރައްގީ ނުވެ މި ރާއްޖެ ތަރައްގީއެއް ނުވާނެ: ރައީސް

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު / ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ތަރައްގީ ނުވެ މިރާއްޖެ ތަރައްގީ ނުވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިއަދު އައްޑޫ ސިޓީ އަށް ވަޑައިގެން ފޭދޫގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ސާލިހު ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ސިޔާސީ ވިސްނުމާއި ތަރައްގީގެ ވިސްނުން ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ބައެއް ކަމަށެވެ.

މިއީ ތަރައްގީ ވިސްނުމުގެ މައި ހަބެއް. ރާއްޖޭގެ ކޮންމެ ކުރިއެރުމެއްގައި ވެސް އެއީ ސިއްހީ ދާއިރާ ކަމުގައިވިޔަސް، ތައުލީމީ ދާއިރާ ކަމުގައި ވިޔަސް ސިޔާސީ ދާއިރާ ކަމުގައި ވިޔަސް ވިޔަފާރީގެ ދާއިރާ ކަމުގައިވިޔަސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަނީ މި އައްޑޫ ސިޓީގެ ރައްޔިތުން.

އައްޑޫ ސިޓީގެ ރައްޔިތުންނަކީ އަބަދުވެސް އިސްލާހަށް ކުރާ މަސައްކަތުގައި އެންމެ އިސް ސަފުގައި ތިބި ބައެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ ކޮންމެކަމެއްގައި އަބަދުވެސް އެންމެ އިސް ސަފުގައި އައްޑޫ ސިޓީ ރައްޔިތުން ދެމިތިބި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްޑީޕީ ވުޖޫދުވެގެން އައިއިރުގައި އައްޑޫ ސިޓީގެ ރައްޔިތުން ވީގުރުބާނީ ހަނދާން އެބަހުރި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން މިއަދުވެސް އައްޑޫ ސިޓީގެ މެމްބަރުން ތިބީ އެމްޑީޕީ އާ އެކުގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.

ބައެއް ފަހަރު ދަތި އުނދަގުލާއެކުގައި ވެސް އެމްޑީޕީގެ އިސް މަގާމުތައް އައްޑޫ ސިޓީގެ ރައްޔިތުން ފުރާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ޕާޓީ އެއް ދެމިއެއް ނޯންނާނެ އައްޑޫ ސިޓީގެ ރައްޔިތުން ނެތިއެއް. މިއަދުގެ މިވަގުތުގެ ހާލަތަށް ބަލާއިރުގައި ޕްރައިމަރީގައި އެއް ދާއިރާ އަކުން، އެއް ރަށަކުން އެންމެ ގިނަ ބަޔަކު ވޯޓްލަނީ އައްޑޫ ސިޓީން. މިކަމުން އެކަނިވެސް އައްޑޫ ސިޓީ އާއި އެމްޑީޕީ އާއި މިއިސްލާހީ މަސައްކަތާއި އޮތް ގުޅުން ވަރަށް ބޮޑަށް ސާފުވެގެންދޭ

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ކޮންމެ ތަނަކަށް އަންނަ ހެޔޮބަދަލުގެ ފުރަތަމަ ފާހަގަ ޖެހެންޖެހޭ ތަނަކީ އައްޑޫ ސިޓީ ކަމަށެވެ.

ކުރީ ސަރުކާރުގައި އައްޑޫ ސިޓީގެ ތަރައްގީ އަށް މަސައްކަތްތަކެއް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިސާލަކަށް ދަންނަވާނަމަ ސާކް ސަމިޓާ ގުޅިގެން މިރަށުގެ މިސިޓީގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރަށް ފެށި. މަގުމެދުގައި ބޮޑު ބިޔަކޮށް ހެދިފައިހުރި ގަސްތައް ކަނޑާ މަގު ހަދަންފެށި. އެހެންނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިފައި އޮތް ކަމެއް ނޫން. މިސިޓީގެ ތަރައްގީއަށްޓަކައި ހަތަރު ޕްރައިވެޓް ރޫމާ އެކުގައި ހޮސްޕިޓަލެއް ސަރުކާރަކުން ހުޅުވި. އަޅުގަނޑު ދަންނަވާނީ މިއީ މިސިޓީއަށް ބޭނުންވާ ވަރެއް ނޫނޭ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ނިކުމެ މިތިބީ މިސިޓީ ތަރައްގީކުރަން. މޭޔަރ ނިޒާރު ވިދާޅުވި ފަދައިން މިސިޓީގެ ތަރައްގީގެ ޕްލޭނަކީ މިސިޓީގެ ރައްޔިތުން އެކުލަވާލާފައި އޮތް ޕްލޭންއެއް.

2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ނިންމަމުން ހިތަދޫގައި އޮތް ޖަލްސާގައި އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ ޕްލޭން އައްޑޫ ރައްޔިތުން ތައްޔާރުކޮށް ނިންމާފައިވާ ކަމަށް ދެންނެވި ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެޕްލޭންގެ އަކުރަކަށް ފިއްޔަކަށް ބަދަލު ގެނައުމަށް ބޭނުން ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރުވާހަކައެއް އަޅުގަނޑު ނުދައްކާ އެރޭ ދެންނެވިން، އިރާދަކުރެއްވިއްޔާ އެމްޑީޕީގެ މި ސަރުކާރުގައި މި މެނިފެސްޓޯ އަޅުގަނޑުމެން ތަންފީޒް ކުރާނަމޭ. އިރާދަކުރެއްވިއްޔާ މިހާރު މިގެންދަނީ އެކަންތައްކުރަމުން. މި ސިޓީގެ ސަތޭކަ ކިލޯ މީޓަރުގެ މަގު އެދަނީ ހެދެމުން. ފެން ހިންދާ ނިޒާމާއި ޕޭވްމަންޓާ އެކުގައި. މިއީ ލިންކުރޯޑަށްފަހު މިސޓީގައި ކުރެވޭ އެންމެ ބޮޑު ތަރައްގީގެ މަސައްކަތް.

މިސިޓީއަށް ބިން އިތުރުކޮށް ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް، މިހާރު އެދަނީ އެމަސައްކަތް ކުރެވެމުން.

މިސިޓީގެ ތަރައްގީގެ އެންމެ ބޮޑު ގުޅުމެއް ގުޅިފައި އޮތީ އެއަރޕޯޓުގެ ތަރައްގީ. އެއަރޕޯޓް ތަރައްގީ ނުވެ މިސިޓީއަށް ތަރައްގީ އެއް ނާންނާނެ. އެހެންކަމުން އެވީ ވައުދާ އެއްގޮތަށް މިހާރު ޓެންޑަރކޮށް ޓެކްނިކަލް އިވެލުއޭޝަން ނިމި ފައިނަލް އިވެލުއޭޝަން ގައި އެއޮތީ. ލަސްތަކެއް ނުވެ އެމަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކުރެވިގެންދާނެ.

ރައީސް ސާލިހު ވިދާޅުވީ ކޮވިޑްގެ ދަތި ހާލަތުގައި ރާއްޖެ ބަނޑަށް ނުޖެހުނީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި ބުރަ މަސައްކަތްތަކާއެކު އެންމެ އަވަހަށް އިގްތިސާދު ރުޖޫއަވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިޔައީ ސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެދުވަހު އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި ސްޓިމުލަސް ލޯންގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ދިނިން. ކަރަންޓް ބިލުން 209 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް އަޅުގަނޑުމެން ދިނިން. ފެން ބިލުން 88 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދިނިން.

ރައީސް ސާލިހު ވިދާޅުވީ އައްޑޫގެ ތަރައްގީ މިސަރުކާރުން ކުރުމަށް ކުރަންޖެހޭ ކަންތަކުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމާއި ފެނާއި ނަރުދަމާއާއި ޓޫރިޒަމް ގެނެސްދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މެދުރާއްޖެ ތެރެ ތަރައްގީ ވެގެން ރާއްޖެތަރައްގީވާނީ . އައްޑޫ ތަރައްގީ ކުރާނަމަ ފޯޅަވަހި ދޫނުކުރީސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: