ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްބޯޑިއާގެ ބޮޑު ވަޒީރު ރައީސް ސާލިހުގެ ދައުވަތަށް ރާއްޖެ ވަޑައިގަންނަވަަނީ!

ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން ސެން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން ސެން ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ނިންމަވައިފިއެވެ.

ކެމްބޯޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ނިންމަވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހަށެވެ. މި ބައްދަލުވުމުގެ ތެރޭގައި ދިވެހިރާއްޖެ އަދި ކެމްބޯޑިއާގެ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އަލި އަޅުވާލެވޭނެކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރާއި އެކު އެ ގައުމުގެ ފޮރިން މިނިސްޓަރު އަދި ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ އިރު، އިގްތިސާދީ ސިނާއަތުގެ އިސް ފަރާތްތައްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ބުނެފައިވެއެވެ.

މި ދަތުރުގެ ތެރެއިން ބޮޑުވަޒީރު ހަން ސެން ރައީސް ސާލިހު އާއި ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާއިރު، އެ ބައްދަލުވުމުގެ ތެރެއިން ދެގައުމުގެ ދެމެދު އޮންނަ ގުޅުމާއި، ސަރަހައްދީ ކަންކަމުގެ އިތުރުން ބައިނަލްއަގުވާމީ އެއްބައިވަންތަކަމުގެ މަސައްކަތްތަކަށްވެސް އަލި އަޅުވާ މަޝްވަރާތައް ކުރެވިގެންދާނެއިރު، ދެ ގައުމުގެ ލީޑަރުންގެ ބެލުމުގެ ދަށުން އެއްބަސްވުންތަކެއްވެސް ގާއިމު ކުރެވިގެންދާނެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރުވަނީ ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއްވެސް ކުރެއްވުމަށް ނިންމަވާފައެވެ. މި ދަތުރުގެ ތެރެއިން އެނާ ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، އުއްތަމަ ފަނޑިޔާރު މޫތަސިމް އަދުނާނު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއިވެސް ބައްދަލު ކުރެއްވުމަށް ކަނޑައަޅުއްވާފައެވެ.

ކެމްބޯޑިއާގެ ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، މި ދަތުރުގެ ތެރެއިން ދެ ގައުމަށްވެސް ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އެގޮތުން އިގްތިސާދާއި، އިންވެސްޓުމެންޓުގެ ފުރުސަތު އަދި ސިއްހީ ދާއިރާއާއި ދަނޑުވެރިން އަދި އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި މި ކަމުގެ ސަބަބުން ދެ ގައުމަށްވެސް ފައިދާތަކެއް ވެގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: