ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ކާމިޔާބީއެއް ލިބުނުކަމަށް ވާނީ ގިނަ ވާދަވެރިންނާއި ވާދަކޮށް ކުރި ހޯދުނީމަ: އިމްރާން

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އިމްރާން ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު ކާމިޔާބެއް ލިބުނު ކަމަށްވާނީ ގިނަ ވާދަވެރިން އަދި އަދާވާތްތެރިންނާއިއެކު ވާދަކޮށް ކުރި ހޯދުމުންކަމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންތިހާބެއްގެ ތެރެއިން ހަގީގަތުގައި ކުރިއެރުމެއް ލިބުނު ކަން އިހުސާސް ކުރެވިގެންދާނެ ގޮތާއިމެދު އިމްރާން ދެކިލައްވާ ގޮތް ހިއްސާ ކުރައްވަމުން އިމްރާން ވިދާޅުވީ، ބޮޑު ކާމިޔާބީއެއް ކަމަށް ބެލެވޭނީ ގިނަ އަދި އަދާވާތްތެރި ވާދަވެރިން ތިބި އިންތިހާބެއްގައި ކުރި ހޯދުމުންކަމަށެވެ.

އެނާ ވިދާޅުވީ، އިންތިހާބެއްގައި ކުރި ހޯދުމުގެ ފޮނިކަމެއްވެސް އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަކޮށްލައިގެން ކާމިޔާބެއް ލިބުމުންކަމަށެވެ.

ބޮޑު ކާމިޔާބީ އެއް ލިބިގެންދާނީ ގިނަ ވާދަވެރިން ތިބުމުންކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެފައިވާއިރު، އިދިކޮޅުން ދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެގޮތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުވަނީ އެހެން ނަމަވެސް ރައީސް ޔާމީން އާއި ވާދަކުރައްވަން ރައީސް ސާލިހުއަށް ކެރިވަޑައިނުގަންނަވާ ސަބަބު ސާފުކުރެއްވުމަށް އެދިވަޑައިގަންނަކަމަށެވެ.

ފޮނި އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަކޮށްލައިގެން ކާމިޔާބީ ލިބުމުންކަމަށް އިމްރާން ވިދާޅުވިއިރު، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ ވ އާރަށު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރެއްވުމުގައެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވަނީ މަނީ ލޯންޑަރިންގް އަދި ރިޝްވަތު ގަބޫލު ކުރުމުގެ މައްސަލަ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: