ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް ކޯސްޓްގާޑާއި އީޔޫ ކްރިމާރިއޯ އިން އިންތިޒާމްކޮށްގެން ފްރެންޗް ޒުންޑާމުރީ ގުޅިގެން ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފިއެވެ.

3 ޖަނަވަރީ އިން 13 ޖަނަވަރީ އަށް ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފް ކަލާސީނު ކޮށީގައި ކުރިއަށްގެންދިޔަ މި ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 6 އޮފިސަރުންނާއި ސްރީލަންކާނގެ ނޭވީގެ 6 އޮފިސަރުންނާއެކު ޖުމްލަ 12 އޮފިސަރުން ބައިވެރިވިއެވެ.

މި ކޯހުގައި ކިޔަވައިދިން ފަރާތްތަކާއި ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދިނީ ޝަރަފުވެރި މެހެމާނު ކޯސްޓްގާޑް ކޮމާޑަންޓް ކާނަލް އިބްރާހިމް ހިލްމީއެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ފްރެންޗް ޒުންޑާމުރީގެ ފަރާތުން ވަނީ ދިވެހިރާއްޖެ އާއި ލަންކާ އަށް އަންޑަރ ވޯޓަރ ކެމެރާއެއް ހަދިޔާ ކޮށްފައެވެ.

ރަސްމިއްޔާތުގައި ހިލްމީ ވަނީ މިފަދަ ކޯހެއްގެ މުހިއްމު ކަމާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތީ ބާރުތަކަށް މި ކޯހުގެ މުހިއްމު ކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުން ކިޔަވައިދިން ކޯހަކީ މޫދުގައި ނުވަތަ ކަނޑުއަޑީގައި ހިންގާ ގާނޫނާއި ހިލާފު ތަފާތު އަމަލުތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ގަރީނާ ހޯދާނެ ގޮތުގެ އިލްމު އުގަންނައި ދިނުމަށް ކުރިއަށްގެންދިޔަ ކޯހެކެވެ.

މި ކޯހުގައި ނޮލެޖް އެންޑް އަންޑަރސްޓޭންޑިންގ އެބައުޓް ދި އަންޑަރ ވޯޓަރ ސައިންޓިފިކް ޕޮލިސް، އަދި ޑައިވަރސް ތްރޫ ޓު ކެރީ އައުޓް ޑީއެންއޭ ސާމްޕަލްސް، ފިންގަރޕްރިންޓްސް، ޑައިވިންގ އެކްސިޑެންޓްސް، ޕްލޭން އެކްސިޑެންޓްސް މެރިޓައިމް އެކްސިޑެންޓްސް އަދި ބެލިސްޓިކްސްގެ އިތުރުން ސައިންޓިފިކް ލެބޯޓްރީތަކުގައި އެވިޑެންސް ޕްރޮސެސް ކުރާނެ ގޮތް ވަނީ ކިޔަވައިދީފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: