ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުންނަށް ވަޒީފާ ދިނުމަކީ ކޯލިޝަން ދެމެހެއްޓުމެއް ނޫން: އާދަމް ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ކޯލިޝަނެއް މެނޭޖު ކުރެއްވުމުގެ ގާބިލުކަން ހުންނެވި ވެރިއެއްކަމަށް ގަބޫލު ނުކުރެއްވޭކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ކުރިއަށް ގެންދާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރައީސް ސާލިހުވަނީ އެމްޑީޕީއަށް އެކަނި ނުކުމެ 50 އިންސައްތައް ވޯޓު ކާމިޔާބު ކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނީ ކޯލިޝަނެއްގެ ތެރެއިންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ސާލިހު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންވެސް އެމަނިކުފާނުގެ ކިބައިގައި ކޯލިޝަން ހެއްދެވުމާއި ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުންދާއިރު، އާދަމް ޝަރީފްވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އާދަމް ވިދާޅުވީ، އެމްޑީޕީއަށް 50 އިންސައްތަ ނުލިބޭނެކަމަށް ރައީސް ސާލިހު ވިދާޅުވާ ވިދާޅުވުމުން ހާމަވެގެންދަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ތާއީދު ނެތްކަން ކަމަށެވެ. އަދި އެމަނިކުފާނު އަމާޒުކުރައްވާފައިވަނީ ކޯލިޝަނެއްގެ ތެރެއިން އެކަން ކުރެއްވުމަށްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ކޯލިޝަން ދަމަހައްޓަވަނީ، ކޯލިޝަންގައި ތިއްބަވާ ޕާޓީގެ އިސްވެރިން އަދި އެ ބޭފުޅުންގެ އާއިލީ ބޭފުޅުންނަށްވެސް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވައިގެންކަމަށް ތުހުމަތު ކުރައްވާ އާދަމް ވިދާޅުވީ، އެފަދަ އުސޫލެއްގެ ދަށުން “މަލަރު” އަޅުއްވައިގެން ކޯލިޝަނެއް ދެމެހެއްޓުމުން މީހުން ގެންގުޅެން އެނގުން ކަމަށް ބެލެވޭކަށް ނެތްކަމަށެވެ.

އާދަމް ޝަރީފްގެ ފާޑުކިޔުންތައް ރައީސް ސާލިހަށް އަމާޒުކުރައްވާފައިވާއިރު، އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ އެތައް ބަޔަކު ދިނީ އިދިކޮޅު ކޯލިޝަނުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ހަރަކާތްތަކުގެ ތެރެއަށް ވަންނަމުންދާކަމަށާއި، ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް ކޮށްފައެވެ. އެހެންނަމަވެސް އާދަމް ޝަރީފްވަނީ އިދިކޮޅު ކޯލިޝަނުން އެފަދަ އެއްވެސް އަމަލެއް ހިންގާފައިނުވާކަމަށް ބުނެ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: