ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށާއި އަދި ފުރުސަތު ބަންދު ވާނީ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

މީގެއިތުރުން ކޮމިޝަނުން ވަނީ އިންތިހާބާއި ގުޅުން ހުރި އެހެން ކަންކަން ކުރިއަށް ގެންދާނެ ތާރީހުތައް ވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ މޭ މަހުގެ 2 ވަނަ ދުވަހު އާންމު ކުރުމަށް ނިންމާފައިވާއިރު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީ ޖޫން މަހުގެ 2 ވަނަ ދުވަހު ފުރުސަތު ބަންދު ކުރެވޭނެއެވެ.

މީގެއިތުރުން ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަންތަނަށް ވޯޓުލާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ލިބިގެންދާނެއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކަނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ނިންމާފައިވާ ތާރީހަކީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހެވެ. އަދި އަދި އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު އޮގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހުގެ 6:00 އާއި ހަމައަށް ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން އިއުލާނު ކުރިއިރު މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާނު ކޮށްފައިވާ ޕާޓީތަކަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމް، އާއި އެމްއެންޕީގެ އިތުރުން ޖުމްހޫރީ ޕާޓީއެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕާޓީގެ ރިޔާސީ ޕްރައިމެރީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕާޓީގެ ޓިކެޓް ދީފައި ވަނީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަ ކުރުމަށް ޕާޓީގެ ޓިކެޓް ދީފައި ވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓެޔަރޑް މުހައްމަދު ނާޒިމްއަށެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާނު ކޮށްފައި ވީނަމަވެސް ވާދަ ކުރާނެ ކަނޑިޑޭޓެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މީގެއިތުރުން ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕާޓީގެ ޓިކެޓް ރައީސް ޔާމީންއަށް ދީފައި ވީނަމަވެސް އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުެއް އައިސްފައި ވާތީ މިވަގުތު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީންއަށް ވަނީ ގެއްލިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ރައީސް ޔާމީޏްއަށް މިވަގުތު ގެއްލިފައި މިވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: