ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއާއި ހިލާފަށް ފުލުހުން ރައްޔިތުންނާއި ވަރަށް ގާތް: ސީޕީ ހަމީދު

ސީޕީ ހަމީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއާއި ހިލާފަށް ފުލުހުން ރައްޔިތުންނާއި ވަރަށް ގާތްކަމަށާއި، މިދިޔަ 18 އަހަރުގެ ތެރޭގައި ފުލ؛ުހުންގެ މުއައްސަސާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ 2003 ގައި ކުރާ ގޮތެއްގައި ނޫންކަމަށާއި، އަދި 2022 ގައި މަސައްކަތްކުރަނީ 2020 ގައި މަސައްކަތްކުރާ ގޮތަށް ނޫންކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ފުލުހުންގެ މަސައްކަތުގެ ވަކި ވަކި ދާއިރާތަކުގެ ކުރިއެރުމަށްޓަކައި ކޮންމެ ދުވަހަކު މަޝްވަރާކުރެވޭކަމަށް ހަމީދު ވިދާޅުވިއެވެ. މިކަންކަމާއި ބެހޭ ދިރާސާތައްވެސް އަންނަނީ ހެދެމުންކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ތަމްރީނުގެ މުގައްރިރަށް ބަލައިނަމަވެސް، ފުލުހުންގެ އަސާސީ ތަމްރީނުތަކުގެ ތެރެއިން، ޕޮލިސް އިނީޝިއަލް ޓްރައިނިން ކޯހަށްވެސް ފާއިތުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ބަދަލުތައް ގެނެވިފައިވާކަމަށެވެ. ކަންކަން ކުރަމުން އަންނަނީ އެ ބަދަލުތަކުގެ މައްޗަށްކަމަށް ހަމީދު ވިދާޅުވިއެވެ.

2003 ގަ މަސައްކަތް ކުރާ ގޮތަކަށް ނޫން މިހާރު ކުރަނީކީ، އަދި 2020 ގަ ކުރާ ގޮތަކަށް ނޫން 2022 ގައިވެސް ފުލުހުން މަސައްކަތްކުރަނީ ކުރަނީ.

ފުލުހުން މަސައްކަތްކުރުމުގެ އެޕްރޯޗަށްވެސް ބަދަލުތަކެއް އެބަ ގެންނަންކަމަށް ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ކުރިއާއި ހިލާފަށް ރައްޔިތުންނާއި ގާތުން ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ.

ބޭރުގެ ބައެއް ޕޮލިސް ސްޓޭޝަންތަކުގައި މުޖުތަމައުއަށް ކޮށްދޭންޖެހޭ ޔުނީފޯމް މަސައްކަތްތަކެއް ހުންނަކަމަށާއި، އެ މަސައްކަތްތައް ކުރެވޭތޯވެސް އެބޭފުޅުން ބަލަންކަމަށް ހަމީދު ވިދާޅުވިއެވެ. މިކަން ކުރުމަށްޓަކައި ދިވެހި މުޖުތަމައުގައި އެކަން ކުރެވޭނެ ގޮތް ހޯދާ، ދިރާސާތަކެއް ކުރުން މުހިންމުކަމަށް ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގެ ތެރޭގައި ކަންކަން އިސްލާހުކޮށް، ކުރިއެރުވުމަށްޓަކައި އެބޭފުޅުން އެތިއްބެވީ ފެންބޮވައިގަނެފައިކަމަށް ފާހަގަކުރައްވާ ހަމީދު ވިދާޅުވީ އެފަދަ ހިޔާލްތަށް ބަލައިގަންނަށްކަމަށެވެ. އަދި ރައްޔިތުން ހިއްސާކުރާކަމެއް ބޮލާލާ ނުޖަހަންކަމަށް ހަމީދު ވިދާޅުވިއެވެ.

އެއްވެސް ފަރާތަކުން ކްރިޓިކަލީ ފުލުހުންގެ މަސައްކަތަކާއި ދޭތެރޭގައި ފާހަގަކުރައްވާކަމެއް، އެކަމެއް ބޮލާލާ ޖަހާފަ އެކަމެއް އަޅާނުލާ ނުތިބޭނެ. ވަރަށް ހަމަ ރިސާޗްތައް ހަދާފަ ހުންނަ އޭރިއާސްތަކުން އަޅުގަނޑުމެންނަށް ހުށައަޅާ ހުށައެޅުންތައ. ހާއްސަ ގޮތެއްގަ މިހާރުގެ ޓާމުންވެއްޖެއްޔާ ވަޓް ވޯކްސް. އެ މަފްހޫމްގެ ދަށުން ރައްޔިތުންގެ ތެރެއިންވެސް އެހެން ފަރާތްތަކުންވެސް ފުލުހުނަނަށް ހުށައަޅާކަންކަން އަޅުގަނޑުމެން ބަލަން

ހަމިދު ވިދާޅުވީ މިދިޔަ 18 އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސައަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފިަކަމށާއި، ނަމަވެސް މި ބަދަލުތަކަކީ ހަމައެކަނި ފުލުހުންނަށް ފެނިގެން ގެންނަ ބަދަލުތަކަކަށް ވާން ނުޖެހޭކަމަށެވެ. އާންމު ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރެވޭނީ މި ބަދަލުތައް ގެނައުމުގައި އެންމެންގެ ބައިވެރިވުމާއިއެކުގައިކަމަށް ހަމީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރު ބޮޑު ތަނުން ދަނީ ރަނގަޅުވަމުންނެވެ. ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާނީ ކޮންފަރެންސްތާއި ވޯކްޝޮޕްތައް ބޭއްވި ޓްރެއިނިންތައް ހަރުދަނާކުރެވިގެން އެކަމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެވިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

މި ފަހަރުގެ ފުލުހުންގެ އާ ގާނޫނާ ހަމައަށް މި އާދެވުނީ އެތައް އަހަރުއްސުރެ ކުރަމުން އަދި މަސައްކަތްތަކުގެ ނަތީޖާ އެއް ގޮތުން. ގާނޫނުގެ ތެރޭގައި ގެނެވުނު ވަރަށް މުހިންމު އެއް ފަލްސަފާއެއް ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ކުރުމަށްޓަކައި ހަދަން ޖެހޭ ކަންކަންތައް އެހީ ދިރާސާ ތަކުގެ މައްޗަައް ކުރެވިފައި ހުރި ކަންކަން.

މިނިސްޓަރު ވިދާޅުވީ އާ ގާނޫނާއިއެކު ފުލުހުން މައްސަލަތަކަށް އެޑެންޓް ކުރެވޭ މިންވަރު އަވަސްވުމާއި ނަތީޖާ ނެރޭ މިންވަރު އަވަސްވެފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ރައްޔިތުންނާއި ގާތުން ޖަވާބުދާރީވާ މިންވަރު ބޮޑުތަނުން ރަނގަޅުވާތަން ފެންނަ ކަމަށް ވިދަޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: