ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގައި އަމިއްލަ ޕާޓީ އޮވެ ދައްކަވަނީ ކަން ނުވާ ވާހަކަ، ޒިންމާ ކޮބާ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ ނުވަތަ އެ ޕާޓީއެއްގެ ރިޔާސަތު 17 އަހަރު ވަންދެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަމުން އަންނަ ޕާޓީއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ގައެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

ދެ ބޭފުޅުންވެސް ވާދަވެރިކަމާއިއެކު، ފޯރީގައި ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ރައީސް ނަޝީދު ދައްކަވަނީ އަމިއްލަ ޕާޓީގެ ވެރިކަމުގައި ކަންކަން ނުވާކަމުގެ ވާހަކައެވެ. އަމިއްލައަށް ގެނައި ވެރިކަމުގައި ކަންކަން ނުވާކަމުގެ ވާހަކައެވެ. އަމިއްލަފުޅަށް ވެރިކަން ދިންކަމަށް ވިދާޅުވާ ރައީސް ސާލިހަށް ކަންކަން ނުވާކަމުގެ ވާހަކައެވެ. ފާއިތުވީ 4 އަހަރުގެ ތެރޭގައި މި ސަރުކާރަށް އެއްކަމެއްވެސް ނުވީކަމުގެ ވާހަކައެވެ. ރައްޔިތުންގެ ހައްގުގައި އެމްޑީޕީއިން ގެނެސްދެއްވި މެނިފެސްޓޯގައި ހުރި ކަންކަން މި ސަރުކާރުގައި ތަންފީޒްނުވާކަމުގެ ވާހަކައެވެ. ޖަޒީރާ ދިރިއުޅުމެއް ހޯދައިނުދެވުނުކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ.

ރައީސް ނަޝީދާއި، އެމަނިކުފާނުގެ އަރިސް މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މިވީ 4 އަހަރު ދުވަހު މި ސަރުކާރުން ތަންފީޒްކުރީ އެމްޑީޕީގެ ސިޔާސަތުތަކެއް ނޫނެވެ. އަދި އެއީ އެމްޑީޕީ ދަންނަ އުސޫލުތަކެއްވެސް ނޫނެވެ. އާންމު އުސޫލުން މޮޅު ވާހަކައެއްގައި ހެޑްލައިން އެޅުއްވުމަށްފަހު އިތުރު ތަފްސީލުނުދެއްވައެވެ. މި ސަރުކާރުން ތަންފީޒްކުރަމުންގެންދާ އެމްޑީޕީގެ ސިޔާސަތުތަކެއް ނޫންކަމަށް ވިދާޅުވެ މަދު ކަންތައްތަކެއް ފާހަގަކުރައްވައެވެ. އޭގެ ތެރޭގައި ކުދި އަދި ބޮޑު ރަށެއް ނުބަލައި ތަރައްގީ ގެނައުމުގެ ސިޔާސަތު ފާހަގަކުރައްވަފައެވެ. މިއީ އެމްޑީޕީ ދަންނަކަމެއް ނޫންކަމަށާއި، ކުދި އާބާދީއަށް ކަންކަން ކޮށްދީގެން ގައުމު ތަރައްގީ ނުވާނެކަމަށް ވިދާޅުވެއެވެ. އެއްވެސް ކަހަލަ ޕްލޭންއެއް ނެތްކަމަށާއި، އެޔެއް މިޔެއް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ހިންގަނީކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވައެވެ.

ގައުމުގެ އިގްތިސާދީ ހާލަތު މެނޭޖުނުކުރެވި، ރައްޔިތުން އަތުން ދައުލަތަށް ނަގާ ފައިސާގެ އަދަދުތައް އިތުރުވުމާއި މިފަދަ ކަންކަމަކީ އެމްޑީޕީގެ ސިފަތަކެއްކަމަށް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވައެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ޝިއާރަކީ ނުވަތަ ސްލޯގަން އަކީ “އަންނަނީ އަންނަނީ” ކަމަށެވެ. ކުޑަ މަޝްރޫއުއެއް ނަމަވެސް ބޮޑު މަޝްރޫއުއެއް ނަމަވެސް އޮތީ އަންނަނީ އަންނަނީ ބޯޑު އަޅުވާފައިކަމަށާއި، އެއްކަމެއްވެސް ނުވާކަމަށް ވިދާޅުވިއެވެ. ރިއެކްޓްނުކުރައްވާކަމަށާއި، ގައުމު ހިންގަންވެސް ނޭގޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިއަކަށް ހުންނެވި ބޭފުޅާއާއި ރައީސް ނަޝީދު ހިތްޕުޅާނުވީކަމުގައިވީ ނަމަވެސް މިއީ އެމްޑީޕީގެ ވެރިކަމެކެވެ. އަބަދުވެސް އެއީ އަމިއްލަ ޕާޓީއަކަށް ހައްދަވަން ރައީސް ނަޝީދު މަސައްކަތްކުރެއްވި ޕާޓީގެ ވެރިކަމެކެވެ. އެ ޕާޓީއެއްގެ ރައީސްކަމުގެ މަގާމުގައި އެމަނބިކުފާނު ހުންނެވި ޕާޓީގެ ވެރިކަމެކެވެ. އެމްޑީޕީގެ ވެރިކަމެކެވެ.

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ޕާޓީގެ ރައީސްއަކަށް ރައީސް ނަޝީދު ހުންނެވިއިރު، މި ވެރިކަމުގައި ހައްދަވާ ގޯސްތައްކަމަށް ބުނެ އެމަނިކުފާނު އެ ފާހަގަކުރައްވާ ކަންތައްތަކުގެ ޒިންމާގެ ކުޑަ މިންވަރެއްވެސް ހަމަ އެމަނިކުފާނުގެ ބޮލުގައި ނޭޅެނީ ހެއްޔެވެ؟

އަމިއްލަ ޕާޓީ ވެރިކަމުގައި އޮވެމެ، މި ވެރިކަމުގައި ހެއްދެވިކަމަށް އެ ވިދާޅުވި ގޯސްތައް ހައްލުކުރެއްވުމަށް ކުރެއްވި މަސައްކަތެއް ކޮބާ ހެއްޔެވެ؟ ސިޔާސީ ވިސްނުމާއި، ސިޔާސީ ފިކުރާއޮ، ސިޔާސީ ހިޔާލްތަފާތުވުންތައް އެއްކިބާގައި ބޭއްވުމަށްފަހު، ހަގީގީ ނަޒަރަކުން ބަލާއިރު އެމަނިކުފާނުގެ ދައުރު މި ވެރިކަމުގައި އެބަ އޮތެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަމުގައިވެސް ހުންނެވީ އެމަނިކުފާނެވެ. ވެރިކަމުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާއެވެ. ހުންނެވީ ސަރުކާރަށް ލަފާދެވޭނެހާ ގާތުގައެވެ. ބަސްނުވިކެން ފެށީ އަމިއްލަ އެދުން އިސްކުރަން ފެށި ހިސާބެވެ. ބާރުތައް މުށުތެރެއަށް ލައްވާ އެމަނިކުފާނުގެ އެ ބާރުގަދަކަމަށް ބުނާ ނުފުޒު ފޯރުވަން މަސައްކަތްކުރެއްވި ހިސާބުންނެވެ.

ހެއްދެވި ގޯސްތައް ހައްލުކުރައްވަން ކުރި މަސައްކަތެއް ނޫނީ، ހިޔާލެއްދެއްވުމަށް ދެއްވުމަށް ވާހަކައެއް ދެއްކެވީވެސް އަމިއްލަ އެދުމެއް އޭގެ ތެރޭގައި އޮވެގެންނޭ ރައްޔިތުންނަށް ގަބޫލުކުރެވޭނެފަދަ އެތައްކަމެއް މި ވެރިކަމުގެ ދައުރުގެ ތެރޭގައި ހިގައިފިއެވެ. ރައްޔިތުންގެ ތާއީދު ލިބޭނީ އެ މަގުންނޭ ހީވާ ކޮންމެ ފަހަރަކު ރާގު ބަދަލުކުރައްވައެވެ.

އެމަނިކުފާނަކީ “ޑިމޮކްރަސީގެ ބައްޕަ” ކަމުގައި ވަކާލާތުކުރައްވައެވެ. ޑިމޮކްރަސީގައި އޮންނާނެ ގޮތަކީ އެންމެ އެކުގައި ނިކުމެ ގައުމަށްޓަަކައި، ރައްޔިތުންގެ ހައްގުތަކަށްޓަކައި ވަކާލާތުކޮށް، އެކަންތައްތައް ހާސިލްކުރުމަށް މަސައްކަތްކުރުންކަމުގައި ވިދާޅުވަމުން ގެންދެވީ ހުދު އެމަނިކުފާނެވެ. ނަމަވެސް މިއަދު ފެންނަނީ މިއާއި ހިލާފަށް ނިކުމެވަޑައިގެން ހުންނެވި މަންޒަރެވެ. ޕާޓީއާއި ވަކިވެވަޑައިގެން އަމިއްލަފުޅު ފިކުރެއް ދިރުވަން ނިކުމެވަޑައިގެން ހުންނެވި މަންޒަރެވެ. ވެރިކަމުގައި އޮތީ އަމިއްލަ ޕާޓީއަށް ވާތީ، އެމްޑީޕީގެ، ޕާޓީގެ ވެރިކަމެއް ދެމެހެއްޓުމަށް މަސައްކަތްކުރައްވާ މަންޒަރެއް ނޫނެވެ.

ޑިމޮކްރެޓިކް ވެރިކަމެއް ކުރައްވަން 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން އެމަނިކުފާނާއި ހަވާލުކުރެއްވުމުން، އިސްތިއުފާދެއްވުމުން ޕާޓިއަށާއި، ގައުމަށާއި، ގައުމަށް ދެން ވަޑައިގެން ވެރިއަކަށްވެސް ލިބުނު ގެއްލުން ފޫ ބައްދައިދިނުމަށް މި ވެރިކަމުގައި އެއްބާރުލުން ދެއްވި ނަމަ ވާނީ ކީއްތޯއެވެ. ރައްޔިތުންގެ ހައްގުގައި ކުރިމަގަށް ވިސްނައިގެން ކޮންމެވެސް މަސައްކަތެއް ކުރިކަމަށް ރައްޔިތުން ގަބޫލުކުރީއެވެ.

ގައުމަށް ރަނގަޅު ގޮތް ހޯދައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކަންކަން ކޮށްދެއްވާ، ހެޔޮ ވެރިކަމެއް ކޮށްދެއްވަން ރައްޔިތުން ވެރިކަން ހަވާލުކުރެއްވި ދުވަހު ކުރިމަތިވެދާނެ ކަމަކަށް ބިރުން، ފަސްޖެހުނީއެވެ. ވެރިކަމުގެ ދައުރުގެ ތެރޭގައި ރަނގަޅަށް ކުރެއްވިހާ ކަމަކުންވެސް ނިކުތީ ގޯހެވެ. ވީހާ އެއްބަސްވުމެއްގެ ސަބަބުންވެސް ދޭން ޖެހުނީ ބަދަލެވެ.

މަނިކުފާނެވެ. ހޯއްދަވަން ނިކުމެ ވަޑައިގެން ތި ހުންނެވީ އެމްޑީޕީގެ ރިޔާސީ ޓިކެޓެވެ. ދެން އެމްޑީޕީގެ ވެރިކަމެއްގައި ހެއްދެވި ގޯސް ރައްޔިތުން ކައިރީ ކިޔައިގެން، އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ނިކުމެވަޑައިގަތީމައި ވެރިކަން ލިބޭނެކަމަށް ގަބޫލުކުރެއްވުމަކީ ކުށްހީއެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: