ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީ ހިދުމަތަށް ތައްޔާރުވެފައިވަނިކޮށް ސަރުކާރުން ބަހުގެ ހިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރަން ކަމަށް މާލެސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދައިގެން މިކަން ކުރިއަށްގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ހިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައި ރަސްމީ ސިޓީއަކުން މާލެ ސިޓީ ކައުންސިލަށް އެ ހުއްދަވެސް ދީފައެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލުން ބަހުގެ ހިދުމަތް ދޭން ނިންމީ އޮންނަ ނިޒާމްގެ ތެރެއިން ސަރުކާރާއި ގުޅިގެންކަމަށެވެ. އަދި ފެނިގެންދިޔައީ މި ހިދުމަތް ތަންފީޒު ކުރުމުގެ ފަހު މަރުހަލާގައި އޮއްވާ ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީ އިން ވިލިމާލޭގައި ބަހުގެ ހިދުމަތްދޭން ނިންމިތަން ކަމަށާއި މިއީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށް މުއިއްޒު ސިފަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ މި މައްސަލައިގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާ ވެސް ވާހަކަ ދެކެވުނު ކަމަށެވެ. ދެކެވުނު ވާހަކައިން ދޭހަވީ ސަރުކާރުން ކުއްލި އަމުރެއް ނެރެ މަޖުބޫރުކޮށްގެން ފަށަން އުޅޭ ހިދުމަތެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ ތިމަންނަ ކުރާނެކަމެއް ތިޔަކު ނެތޭ. ސަރުކާރުން އެންގީމަ ޖެހޭނީ ކުރާށޭ. އެބޭފުޅާ ވިދާޅުވީ ސަރުކާރާ ވާހަކަ ދައްކަދޭށޭ. އަޅުގަނޑަށް ބޮޑަށް އިހްސާސްވީ މަޖުބޫރު ހާލަތެއްގައި ހުރިކަމަށް. އެހެންވީމަ މަޝްވަރާ ކުރުމަކާ ނުލައި ކުއްލިއަކަށް އަމުރެއް އައިސްގެން މިއުޚެނީ.

ލާމަރުކަޒީ އުސޫލުން ގާނޫނުގެ ބޭރުން ސަރުކާރުން ކަންކުރާނަމަ އެ ގާނޫނުގެ ބޭނުމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ އިތުރުން މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރާއި އިތުރު ކައުންސިލަރުންވެސް ވަނީ މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: