ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތި ނުވެ ވާނެ ގޮތެއް ހޯދުމުން މަންޒިލަށް ދެވޭނެ!

ރައީސް ސާލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ތެރެއިން: ފޮޓޯ/ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝާއިރަކު ވިދާޅުވެފައިވެއެވެ. “ތައުލީމު ނެތަމަތާކު ޒަމާނާއި އެކުވެގެން ދަން ދާނެޔެ ބުއްދީގެ މަގުން އެއްކިބާވެގެން” ވަރަށް ވެސް ރަނގަޅު ބުއްދިވެރި ބަސްފުޅެކެވެ. ގައުމެއް ބިނާ ކުރުމުގެ މަގުސަދު ހާސިލު ކުރުމަށް އެ ގައުމެއްގައި ތައުލީމީ ރައްޔިތުން ތިބުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަން އެންމެންނަށްވެސް ސާފުވާނެއެވެ. ލަނޑުދަނޑިތަކެއް ކަނޑައަޅާ އެކަމަށް ވާސިލުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ދެނެގަތުމުގެ ގާބިލުކަން ލިބެނީ ތައުލީމީ ހަޔާތުގެ ތެރެއިންނެވެ. އެހެންކަމުން ޒުވާން ޖީލުތަކަށް ތައުލީމު ހާސިލު ކުރެވޭނެ ފުރުސަތު ފުޅާކޮށްދިނުމުގެ ސަބަބުން އެ ގައުމެއްގެ އިންސާނީ ވަސީލަތް ތަރައްގީ ކުރެވިގެންދާކަމާއި އެއާއެކު ގައުމެއްގެ ކުރިމަގު ބިނާ ކުރުމަށް މަގުފަހިވެގެންދާާނެ ކަމާއި މެދު ތި އެންމެހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާނެއެވެ.

މި ދެންނެވި ކަމާއިމެދު ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސް އެއްބަސްވެވަޑައިގަންނަވައެވެ. ފޭދު ސުކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ އިސްކަންދިނީ ދިވެހި ދަރިންނަށް ތައުލީމު ދީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކަމަށްވުމުން އެކަންް ހާމަވެގެންދެއެވެ.

ރިޔާސީ ޕްރައިމަރީ ކެމްޕެއިން ގެ ތެރެއިން ހދ ހއ ށ އަދި ލ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިންވެސް އެންމެ ގިނައިން އިވިގެންދިޔައީ ތައުލީމީ ދާއިރާއަށް އަލިއަޅުއްވައި ދެއްކެވި ވާހަކަތަކެވެ. ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާޢި ހުދު އެމަނިކުފާނުވެސްމެއެވެ.

މި ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން ކޮންމެ ރަށަކުންވެސް ތައުލީމު ހާސިލު ކޮށްފައިވާކަމަށް ރަށާއި ހަވާލުވެ ތިއްބެވި ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ރައީސްވެސް އުފަލާއެކު ތައުލީމީ ސިޔާސަތުތަކުގެ ވާހަކަތައް ދެއްކެވިއިރު އިވިގެންދިޔައީ ތަރުހީބާއި އަތްތިލަ ބަޑިތަކެވެ. ޖަމާވެތިއްބެވި ސަޕޯޓަރުންނާއި އާންމު ރައްޔިތުންވެސް އެ ދެއްކެވި ވާހަކަތަކަށް އެއްބަސްވެވަޑައިގަތް ފަދައެވެ. ދަރިންނަށް ހިލޭ ކިޔެވޭ ގޮތްވުމުން މައިންބަފައިންގެ ޖީބަށް ކުރާ ބާރު ކުޑަވާތީކަމަށްވެސް ވެދާނެއެވެ. ތައުލީމީ ސިޔާސަތުގެ ދަށުން 1578 ކްލާސްރޫމެއް ބިނާކޮށްފައިވާކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މި ދަތުރުގެ ތެރޭގައި ދެން އެންމެ ބޮޑަށް ފާހަގަކުރެވުނީ ދުޅަ ހެޔޮ ސިއްހަތެއް ސަރުކާރަށް މުހިންމު ވަރާއި ޒުވާން ޖީލުތަކަށް ދެމުންދާ އަހައްމިޔަތުގެ ވާހަކަތަކެވެ. އެކަން ހާސިލުކުރުމުގެ ގޮތުން ދަނޑާއި އައުޓް ޑޯރ ޖިމް ބިނާ ކުރުމުގެ ވާހަތަށް އަދި ބިނާ ކޮށް ނިމިފައިވާ ވާހަކަތައް ފާހަގަކުރިއެވެ.

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތަފާސް ހިސާބާއި ދެކެވުނު ވާހަކައާއި ދިމާވެއެވެ. ޔޫތު މިނިސްޓރީގެ ބެލުމުގެ ދަށުން ގިނަ އަދަދެއްގެ ކުޅިވަރު ސްޓޭޑިއަމް ތަރައްގީ ކޮށްފައިވާ އިރު ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ނޮވެމްބަރު މަހާއި ހަމައަށް ޔޫތު މިނިސްޓްރީއިންވަނީ ޕީއެސްއައިޕީގެ ދަށުން 262 މަސްރޫއެއް ފައްޓަވާފައިކަމަށްވާއިރު، އޭރު ނިމިފައިވާކަމަށް ފާހަގަކުރީ 113 މަޝަރޫޢުއެކެވެ. އަދި 101 މަސައްކައްކަތެއް ކުރިއަށް ދާ ކަމަށް ފާހަގަކޮށްފައިވާއިރު، 47 މަސައްކަތެއްގެ ކޮންޓްރެކްޓު ހަވާލުކޮށް 1 މަޝްރޫޢުވަނީ އެވޯޑު ކުރެވިފައިވާކަމަށްވެސް އޭރު ސަރުކާރުން ހާމަކޮށްފައިވެއެވެ.

އިވެމުންދާ ވާހަކަތަކުގެ ތެރޭގައި ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލްތަކުގެ ވާހަކަތައް ހިމެނޭއިރު ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދާކަމަށް ފާހަގަކުރާ މަޝްރޫޢުތަކުން ކުލަވަނީ މި ސަރުކާރުން އިޖްތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މަންޒަރެކެވެ.

ބޭސް ފަރުވާ އަދި ލަފާފުރުުމުގެ ވާހަކަތައްވެސް އިވިގެންދިޔައީ މަދުނެއް ނޫނެވެ. ގިނަ ރަށްތަކެއްގައި ބަނދަރު ނިމިފައިވާ ވާހަަކަތައް ފާހަގަކުރި އިރު އަނެއް ރަށްތަކުގައި މަޝްރޫޢުތަށް ރައްޔިތުން އެދޭ ގޮތުގެ މަތިން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށްވެސް އެެއްބަސްވެވަޑައިގަތް ކަން ފާހަގަކުރެވުނެވެ. ރައީސް ވިދާޅުވެފައިވާގޮތުން ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން 47 މަޝްރޫޢުއެއް ނިންމާފަައިވެއެވެ.

ދިއްދޫގައި ހޮސްޕިޓަލެއް ގާއިމު ކުރުމަށް ބަޔަކާއި ހަވާލު ކުރާނެ ވާހަކަތަށް ދެއްކެވި އިރު ވިދާޅުވީ އެއަރޕޯޓެއް އެޅުމުގެ ވާހަކަތައް ނުދެއްކެންވީ ސަބަބެއް ނެތްކަމަށެވެ.

އެއަރޕޯޓެއް ބިނާކުރުމުގެ ވާހަކަ ވެގެންދިޔައީ ރަށު ރައްޔިތުންގެ ތެރޭގައި އުންމީދު އާލާކުރުވި ވާހަކައެކެވެ. އާރްޓީއެލް ފެރީގެ ނިޒާމުގެ ސަބަބުން އަތޮޅު ތެރޭގައި ދަތުރު ކުރުން ފަހިވެފައިވާއިރު، އެއަރޕޯޓެއްގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އިތުރު ފުރިހަމަ ކަމެއް އަންނާާނެކަމަށްވުމުންނެވެ.

ލިބިގެންދިޔައީ ފަތުރުވެރިކަަން ފުޅާވެ ވިޔަފާރިތަކެއް ބިނަާވެގެންދާނެކަމުގެ އުންމީދުގެ އިތުރުން ވަޒީފާގެ ފުރުސަތު ފަހި މާހައުލެއްވެސް ގާއިމުވެގެންދާނެކަމުގެ އުންމީދެއްކަމަށް ވާހަކަދެކެވުން ބައެއް އާންމުން ފާހަގަކުރިއެވެ. އެހެންކަމުން ރައީސް ސާލިހު ކުރައްވަމުންދާ ކެމްޕެއިން ދަތުރުގެ ތެރެއިން އެމަނިކުފާނު ރައްޔިތުންނަށް ދެއްވަމުންދަނީ އިޖްތިމާއީ ރައްކައުތެރިކަން ކަށަވަރުވެގެެންދާނެކަމުގެ އުންމީދެއްކަމަށް ބުނެވިދާނެއެވެ.

ކޮންމެއަކަސް މިދެންނެވި ހުރިހައި ކަމެއް ހާސިލް ކުރެވި ބޭނުންވާ މަންޒިލަށް ދިވެހި އޮޑިއަށް ވާސިލް ވެވޭނީ މާޒީގައި މަގުމަތީގައި ތިބި ތިބުން އަލުން އިޔާދަ ނުވާނެ ފަދަ ގޮތަކަށް ނިންމުންތައް ނިންމައިގެންނެވެ. އެ ނޫން ގޮތަކަށް މިކަން ކުރެވިދާނެ ކަމަށް ހަމަ ޔަގީނުން ވެސް ގައުމަށް ހޮޔެ އެދޭ ބުއްދިއެއް ހުރި ސަބަބުވެރި އިންސާނަކު ގަބޫލެއް ނުކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: