ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލްގެ ހުއްދަ ނުހޯދައި، ވިލިމާލެއަށް ބަސްތަކެއް ގެންދިއުމުން މައްސަލަ ފުލުހުންނާއި، އެލްޖީއޭއަށް!

ފުލުހާއި އެލްޖީއޭގެ ސަމާލުކަމަށް މިކަން ގެނައިސްފިކަން ހާމަކުރައްވާ މުއިއްޒު ހިއްސާކުރެއްވި ފޮޓޯ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލުން އަންނަ މަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ތައްޔާރުވިކަން އިއުލާންކޮށްފައި ވަނިކޮށް، އެމްޓީސީސީން މާދަމާ އެ އަވަށުގައި ބަހުގެ ހިދުމަތް ފަށަން އިލެކްޓްރިކް ބަސްތަކެއް ގެންދިއުމުން ކައުންސިލުން ޕޮލިހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ ހުށަހަޅައިފިއެވެ.

މިކަމާއި ގުޅިގެން ޓުވީޓެއްކުރައްވާ މުއިއްޒު ވިދާޅުވީ ކައުންސިލުގެ ހުއްދައެއް ހޯދުމަކާއި ނުލައި ގަވާއިދާއި ހިލާފަށް ވަގަށް ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ މިކަން ފުލުހުންގެ މުއައްސަސާއާއި އެލްޖީއޭގެ ސަމާލުކަމަށް ވަނީ ގެނެވިފައިކަމަށެވެ. އަދި ވިދާޅުވެފައިވަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުން އިންތިހާގައިކަމަށެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށުމަށް ނިންމާފައިވާކަން ކައުންސިލާއި ހިައްސާކޮށްފައނުވާތީ މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކުންފުނި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މިކަމާއި ގުޅިގެން “ސަންގުން” ސުވާލުކުރުމުން ވިދާޅުވީ އެކަން ސިޓީ ކައުންސިލާއި ހިއްސާކުރާނީ ސަރުކާރުންކަމަށެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީގެ އަވަށެއްކަމުގައިވާ ވިލިމާލެގެ ރައްޔިތުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ނިޒާމަށް ވަރަށް ބޮޑަށް އެދެމުން އަންނަކަމަށެވެ. އަދި ވިދާޅުވީ ދަތުރުފަތުރުގެ ކަންކަމަކީ ވިލިމާލޭގެ ރައްޔިތުނަށް ވަރަށް ދަތިވެފައިވާކަމެއްކަމަށެވެ. އާޒިމް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މި ހިދުމަތް ވިލިގިއްޔަށް އެމްޓީސީސީ މެދުވެރިކޮށް ފޯރުކޮށްދިނުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: