ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ ކޮންމެ ރަށަކުން ވެސް ބޮޑު އަގުލަބިއްޔަތެއް ލިބޭ މަންޒަރު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ދަތުރުގައި ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ފެންނަނީ ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ މެމްބަރުންގެ ވޯޓް ލިބޭ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގައި ރޭ ލ އަތޮޅަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރާނީ ކޮންމެ ރަށަކުންވެސް ބޮޑު އަގުލަބިއްޔަތަކުން ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކުރިއެރުމާއި ތަރައްގީ ކަމަށްވާތީ ނަތީޖާ އެމަނިކުފާނަށް ސާފު ކަމަށެވެ.

އެމްޑީޕީ އިން ކޯލިޝަނަކާ އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ވާހަކަ ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަން ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުންގެ ވޯޓްވެސް އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ ކަމުގައި ރައީސް ވީދާޅުވިއެވެ.

ކުރިއަށް މިއޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކަމަށްވީ ނަމަވެސް ޕްރައިމަރީން ނިކުންނަ ނަތީޖާގެ އަސަރު ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ފެންނާނެ.

ލ އަތޮޅުގައި ހަދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ޓާޝިއަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެއްވާފައެވެ. އޭގެއިތުރުން ލ އަތޮޅުގައި ކޯޒްވޭ އަކުން ގުޅާލެވެން ހުރި ބައެއް ރަށްތައް ގުޅާލާނެ ކަމަށާއި އެކަން ހަގީގަތަކަށް ވެގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ލ ކުނަހަންދޫ، މާވަށް، ހިތަދޫ އަދި މާމެންދޫ ހިމެނޭހެން މި ސަރަހައްދުގައި އެއަރޕޯޓް އެޅުމުގެ ވިސްނުން ސަރުކާރުގެ އެބަ އޮތް ކަމަށް ރައީސް ސާލިހް ލ އަތޮޅުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުން ތަކުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއަރޕޯޓް އަޅާނެ ސީދާ ލޮކޭޝަން ފައިނަލް ކުރުމަށް ފަހު އެކަން ރިޔާސީ އިންތިހާބަށް އެކުލަވާލާ މެނިފެސްޓޯގައި ހިމަނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލ އަތޮޅު ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެން މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: