ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އިބޫ އަކީ ހުއްޓި ހުންނަވާނެ ބޭފުޅެއް ނޫން: މިއުވާން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަކީ ހުއްޓި ހުންނަވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު ކުރައްވަމުންގެންދަވާ ދަތުރުތައް ފާހަގަކޮށް މިއުވާން ވިދާޅުވީ ހއ ހދ ށ ލ 4 އަތޮޅުގައި ކެމްޕޭން ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގަތީ މާލޭގައި ޖަލްސާ ބޭއްވުމަށް ކަމަށެވެ.

މާލޭގައި މިރޭ ރައީސް ސާލިހްގެ ޖަލްސާ އަށް ފަހު މާދަމާ ހެނދުނު ކެމްޕޭން ދަތުރުތައް ފަށާނީ ހުވަދޫ އަދި ފުވައްމުލަކަށް ކަމަށްވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

 

ރައީސް ސާލިހުގެ ކެމްޕޭން އަތޮޅުތެރޭގައި ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާއިރު އެމްޑީޕީގެ މެމްބަރުންގެ ގާތަށް ވަޑައިގެން ދޮރުން ދޮރަށް ހިންގެވުމާއި ބައްދަލުވުންތަކާއި ޖަލްސާތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން ރައީސް ވަނީ ރޭގައި ލ އަތޮޅުގައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

ރައީސް ސާލިހްގެ ވާހަކަފުޅުގައި މަންޒަރު ފެންނަނީ ސާފުކޮށް ކަމަށާއި ބޮޑު އަގުލަބިއްޔަތުން ތަފާތު ބޮޑުކޮށް މި ޕްރައިމަރީ ކާމިޔާބު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ދާން ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ލ އަތޮޅުގައި އެއަރޕޯޓް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުންގެ ހުރިކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއަރޕޯޓް އެޅުމަށް ފައިނަލް ކުރެވޭ ރަށެއް، ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލާއިރު ހިމެނިގެންދާނެ ކަމަށެވެ.

ލ އަތޮޅުގައި ހަދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ޓާޝިއަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް  ވަނީ ރައްޔިތުންނަށް  ދެއްވާފައެވެ. އޭގެއިތުރުން ލ އަތޮޅުގައި ކޯޒްވޭ އަކުން ގުޅާލެވެން ހުރި ބައެއް ރަށްތައް ގުޅާލާނެ ކަމަށާއި އެކަން ހަގީގަތަކަށް ވެގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއްނެތި ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކަންކަން ކުރައްވަނީ ގާނޫނުގައި ލިޔެވިފައި އޮންނަ ގޮތަކަމަށާއި، އަދި ތަރުތީބާއިއެކު ނިކުމެދާނެ ނަތީޖާއަކަށް ބައްލަވައިގެންކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ނިޒާމަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުން ރަށްތަށް ހިންގުމަށް ފަސޭހަވެއްޖެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: