ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓް ތަރައްގީ ކުރުމަށް 9 އަތޮޅަކުން 14 މަޝްރޫއެއް ފަށަނީ

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމުގެ ގޮތުން 14 މަޝްރޫއެއް ފެށުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ރިސޯޓް ހެދުމަށް ބީލަމަށް ލުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ އާއި ހދ އިން 3 ޕްރޮޖެކްޓް، މ އަތޮޅުން 1 ޕްރޮޖެކްޓް، ގއ އަތޮޅުން 2 ޕްރޮޖެކްޓް، ތ އަތޮޅުން 1 ޕްރޮޖެކްޓް، ގއ އަތޮޅުން 2 ޕްރޮޖެކްޓް، ގދ އަތޮޅުން 3 ޕްރޮޖެކްޓް، ކ އަތޮޅުގައި 1 ޕްރޮޖެކްޓް، ފ އަތޮޅުން 2 ޕްރޮޖެކްޓް އަދި ރ އަތޮޅުގައި 1 ޕްރޮޖެކްޓެވެ.

ޓޫރިޒަމް މިނިސްޓީން ރަށްތައް ކަނޑައެޅުމުގައި ބޮޑު ތިލަދުންމައްޗަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީފައިވާ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

ޓޫރިސްޓް ރިސޯޓްތައް ތަރަައްގީ ކުރެވިގެންދާ މި މަޝްރޫއުތައް ކުރިއަށް ގެންދާނެ ރަށްތަކާއި ފަޅުތައް އަންނަ ހަފްތާގެ ތެރޭގައި ބީލަމަށް ހުޅުވާލާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: