ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގައި ތިބެ ރައީސް ސާލިހް އާ ދެކުޅުވާނަމަ، މަގާމުން އިސްތިއުފާދެއްވާ: ރޮޒެއިނާ

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާ ދެކޮޅަށް ނިކުންނަވާނަމަ ރީތިގޮތަކީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ރައީސް އާ ދެކޮޅުވުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސެއިން އަމްރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ކެމްޕޭންގައި އުޅުއްވާތީ ބައެއް ފަރާތްތަކުން ގެންދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މީސް މީޑިއާގައި ދައުރުވާ ބައެއް ޓްވީޓްތަކުގައި ވާ ގޮތުގައި އަމްރު މަގާމުން ވަކިކުރުމަށް ސަރުކާރުން ޖެހިލުންވަނީ އެބޭފުޅާ އަކީ ތައުލީމީ، ގާބިލް އަދި ހިންގުންތެރި ބޭފުޅެއް ކަމަށް ވާތީ ކަމަށް ބުނެފައިވެއެވެ. އެކަމަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ އަމްރު އަކީ ރައީސް ސާލިހް އައްޔަން ކުރެއްވި މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް އައްޔަން ކުރެއްވި މަގާމެއްގައި ހުރެ ރައީސް އާއި ދެކޮޅުވާނަމަ، ރީތިގޮތަކީ މަގާމުން އިސްތިއުފާ ދިނުމަށް ފަހު ނިކުމެވަޑައިގަތުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މާނަ އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވާތީ އެކަމަށް ނުރުހުން ފާޅުކޮށް ރޮޒެއިނާ ވިދާޅުވީ ދޮގު ހަބަރު ފެތުރުމަކީ އެހާ ރީތި ކަމެއް ނޫން ކަމަށާއި އެއްވެސް މީހަކު މަގާމުން ވަކި ކުރުމަށް ގޮވާލާފައި ނުވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕޭންގައި އަމްރު ގުޅިވަޑައިގެންފައިވާއިރު، މީގެ ކުރިން ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ވަޒީފާގެ ބިރު ދައްކާކަމަށާއި ގަދަކަމުން ކެމްޕޭން އިވެންޓްތަކަށް ދިއުމަށް ރައީސް ސާލިހު މަޖުބޫރު ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސާލިހް އާއި ރައީސް ނަޝީދެވެ.

ކެމްޕޭންގެ ފޯރި ގަދަވެ ދެބޭފުޅުން ވެސް ގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަމަނާ ސައިޒް އޮޅިވަޑައިގެން ނޫޅުއްވާ، މިސަރުކާރު ގެންނަށް އެމްޑީޕީ މެމްބަރުންނަށްވުރެއް ބުރަކޮށް މަސައްކަތްކުރި އެހެންބައެއްނޫޅޭނެ، ކަމަނާމެން މުޒާހަރާއެއް ފެށޭއިރަށް ކުރީސަފުންފެނިލާފަ ދެންގޮސްއޮށްނަނީ ގެއަށްވަދެފިލާފަ، އާންމު މެމްބަރުން ވީގުރުބާނީއެއްގެ ސަބަބުން ކަމަނާއަށްވެސް މިޔަދު ތިމަޤާމުގަ ތިހުރެވުނީ އަދި ރ.ނަޝީދުގެ މަސައްކަތުން ތިމެމްބަރުކަމުގެ ގޮނޑިލިބިފަތިހުރީ، އެމްޑީޕީ އަކީ އިންސާފަށްލޯބިކުރާ ވަޒީފާގެ ބިރުނައްތާލަން އައި ޕާޓީއެއް، ކަމަނާ ޑީއާރުޕީގަ އުޅެފައައީމަ އިންސާފާ ހަމަހަމަކަން އަދި ދަހެއްނުވާނެ. ވަޒީފާގަ އުޅުނަސް އެމީހަކު ބޭނުންމީހަކަށް ތާއީދުކުރުމުގެ ފުރިހަމަ އިހްތިޔާރު އޮށްނާނެ މީ އެމްޑީޕީއަކީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: