ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބެސްޓްފްރެންޑް” ހަތުރަކަށް ވެގެންދާ ގޮތަށް މަސައްކަތްކުރާކަމީ ހިތާމަކުރާކަމެއް: މަހުލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

“ބެސްޓްފްރެންޑް” ހަތުރަކަށް ވެގެންދާ ގޮތަށް މަސައްކަތްކުރާކަމީ ހިތާމަކުރާކަމެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދު ހޯދެއްވުމަށް ރޭ “އިބޫ 2023” ގެ ނަމުގައި ބޭއްވި ކެމްޕއިން ޖަލްސާގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ކިތައްމެ ބޮޑުކަމެއްވީ ނަމަވެސް ރައީސް ސާލިހު އިންނަވާނީ ހަމަޖެހިގެންކަމަށާއި، އަދި ކިތައްމެ ހާސްކަމެއްގެ ތެރެއިންވެސް ރައީސް ސާލިހު އިސްކުރައްވާނީ ވިސްނުންކަމަށެވެ. އަދި މިދިޔަ އަހަރުތަކުގެ ތެރޭގައި ރައީސް ސާލިހު ކަންކަން ނިންމެވީ ވަރަށް ވިސްނުންތެރިކަމާއި އެކީގައިކަމަށާއި، ނަމަވެސް އެކަމަށް ވަގުތު ނަގާނެކަމަށާއި، އެހެން ނަމަވެސް ވިސްނުންތެރިކަމާއިއެކީގައި ނޫނީ އެއްވެސްކަމެއް ނިންމާފައިނުވާކަމަށް މަހުލޫފް ވިދާޅުވިއެވެ.

އޭނާ މަޖިލީހުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި ރައީސް ސާލިހަށް އިތުބާރުކުރަން ދަސްވެއްޖެކަމަށް ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ، އަދި އެންމެ ގޮވައިޮގެން ރަނގަޅު ނިންމުންތަކެއް ނިންމަވާނެކަމުގެ އިތުބާރު ރައީސް ސާލިހު ހޯއްދައްވައިދިކަމަށެވެ.

އިބޫ އާއިއެކު މަސައްކަތްކުރި އެންމެންނަށް ދަސްވެއްޖެ އިބޫއަށް އިތުބާރުކުރަން، ކިތައްމެ މާޔޫސްވިއަސް އުއްމީދުވެސް ކަނޑައެއްނުލައްވާނެ

ނަމަވެސް މިހުރިހާ ވާހަކަތަކަކީވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވި ވާހަކަތަކެއްކަމަށް މަހުލޫފް ފާހަގަކުރެއްވީ ހުރިހާ ވާހަކައެއް ނިންމަވާލެއްވުމަށްފަހުގައެވެ. މިހުރިހާ ވާހަކަތަކެއް ބަދަލުވާން ދިމާވި ސަބަބެއްކަމުގައި މަހުލޫފް ފާހަގަކުރެއްވީ ތިމާ ބޭނުންވާ މީހާ ވެރިކަމުގައި ނެތުމެވެ.

މިއަދު މައްސަލައަކަށްވެގެން އުޅެނީ ރާއްޖޭގެ ކުޑަ ރަށަކަށް ނިސްބަތްވާ މީހަކު ވެރިކަން ކުރާތީކަމަށް ފާހަގަކޮށް، މަހުލޫފް ވިދާޅުވީ ވެރިކަމަކީ ހަމައކެނަި މާލެ މީހުން ކުރަން އޮތް އެއްޗެއް ނޫންކަމަށެވެ. ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސިޔާސީ މަގާމުތަކަށާއި، ކެބިނެޓަށް މީހުން އައްޔަނުނުކުރުމަކީ ރައީސް ސަލިހާއި ނުރުހުންވީ ސަބަބުކަމުގައި މަހުލޫފް ފާހަހަގަކުރެއްވިއެވެ.

މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރަމުން ނުގެންދިއުން، ހުރިހާ ކަމެއް ވިދާޅުވާހާ ގޮތަކަށް ނުގެންދެވޭނެ. މައްސަލައަކި ވެރިކަން ރައިސް ސާލިހަށް ދެއްވީވެސް ތިމަންނާ އެކަނިކަމާއި، ވެރިކަމުން ބާލާނީވެސް ތިމަންނާ އެކަނިކަމަށް ގަބޫލުކުރާ ގަބޫލުކުރުން

މައްސަލަތކުގެ ލިސްޓެއް ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ، ރައީސް ސާލިހު ވެރިކަމަށް ގެނައީވެސް އެކަނިކަމާއި، ވެރިކަމުން ބާލާނީވެސް އެކަނިކަމުގައި ގަބޫލުކުރާކުރުންކަމަށެވެ.

ވެރިކަމަށް ޝައުގުވެރިވުމާއި، އަދި ވެރިކަމަށް ވާދަކުރުމަކީވެސް މައްސަލައެއްނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް އޮތް ހައްގެއްކަމަށް ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ ނަމަވެސް އެމްޑީޕީގެ ތެރެއިން ވެރިކަމަށް އައުމަށްޓަކައި ކުރާ މަސައްކަތަކީ އަމިއްލަ ޕާޓީ ތެރޭގައި ދޮގު ހެދުމާއި، އޮޅުވާލުމާއި، މަކަރު ހެދުމަށް ކުރާކަމެއްކަމުގައިވާނަމަ އެކަމަށް ދެރަވާކަމަށް މަހުލޫފް ވިދާޅުވިއެވެ. އަމިއްލަ ޕާޓީގެ ސަރުކާރަށާއި، ރައީސުލްޖުމް ހުރިއްޔާކމުގެ މަގާމުގަިއ ހުންނެވި ބޭފުޅާއަށް ވައްކަމުގެ ތުހުމަތާއި ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އަޅުވަމުން ގެންދާތީ އައި “ބެސްޓްފްރެންޑް” ހަތުރަކަށް ވެގެންދާ ގޮތަށް މަސައްކަތްކުރާކަމީ ހިތާމަކުރާކަމެއްކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ޕްރައިމަރީ ނާކާމިޔާބު ވެއްޖެނަމަ ހުންނަވާނީ އެހެން ކެޑިޑޭޓަކާއިއެކުގައިކަމަށާއި، ނުވަތަ ގޭގައިކަމަށް ބުނެ ވިދާޅުވާ ވާހަކަތަކީ ޑިމޮކްރަސީއާއި ހިލާފް ވާހަކަތަކެއްކަމަށެވެ. ފާއިތުވީ 4 އަހަރުގެ ތެރޭގައި އިދިކޮޅުން ނުދޭހާ ގެއްލުން އެމްޑީޕީގެ މެންބަރުން މި ސަރުކާރަށް ދީފައިވާކަމަށް ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ މި ސަރުކާރަށް އޮތް އިތުބާރު ގެއްލުވާލުމަށް އިންތިހާއަށް މަސައްކަތްތަކެއް ކޮށްފިކަމަށެވެ. އަދި މި ސަރުކާރުން ހިންގަމުންދާ އެތައް ހާސް މަޝްރުއުތަކަކީ ހުވަފެންތަކެއްކަމަށް ނުވަތަ ބިލާހެއްކަމަށް ހަދަންވެސް މަސައްކަތްކޮށްފިކަމަށް ވިދާޅުވިއެވެ.

ދޮގު އެއީ ތެދުކަމަސް ގަބޫލުކުރާ ވަރަށް މަސައްކަތްކޮށްފިކަމަށް ފާޙަގަކުރައްވާ މަހުލޫފް އިޝާރާތްކުރެއްވި ކޮވިޑް 19 ގެ ސަބަބުން ދިވެހިރާއްޖެއަށް ޖެހުނު ހާލަށެވެ. ވޯލްޑްބޭންކްގެ ރިޕޯޓްތަކުް ބަލާއިރު، ކޮވިޑާއި ގުޅިގެން އެންމެ ބޮޑު އިގްތިސާދީ ގެއްލުންތަކެއް ލިބުނު ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭކަމަށާއި، އަދި މައި ދޮރޯށި ބަންދުވުމުގެ ސަބަބުން ރާއްޖެއަށް 80 އިންސައްތަ އިންކަމް ހޯދާ ޓޫރިޒަމް އެކީ ބަންދުވެގެން ދިޔަކަމަށް މަހުލޫފް ފާހަގަކުރެއްވިއެވެ. އެކަމުން ސަލާމަތްވެ ނިމުނު އިރު، ހަނގުރާމައަކާއި ދިމާވެއްޖެކަމަށާއި، ނަމަވެސް މިކަމުގެ ދަތިކަމުގައި އުޅުނުއިރުވެސް ވެރިކަން ކުރަން ލިބުން 2 އަހަރު ދުވަހުން ރާއްޖޭގެ ތާރީހުގައި ދެކިފައިނުވާ ތަރައްގީ ގެނައިކަމަށް މަހުލޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: