ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ ޓީމް ކެޕްޓަނެއް އަދި ލީޑަރެއް: މަބްރޫކް

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ދުވަސްވަރު ރައީސް ސާލިހްގެ ފަރާތުން އެނގިގެންދިޔަ އެއްކަމަކީ އެމަނިކުފާނަކީ ޓީމް ކެޕްޓަނެއް އަދި ލީޑަރެއް ކަމަށް ރައީސް އޮފީހުގެ ފުރަތަމަ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން  މަބްރޫކް ވިދާޅުވީ ކޮވިޑް ފެތުރޭތީ މުޅި ދުނިޔެ ހަދާނެ ގޮތް ހުސްވެ ބަލި ޖެހޭ މީހުން ވައްދާނެ ތަނެއް ނެތިގެން އެތައް ގައުމެއްގެ ބަޔަކު އުޅުނު އިރު ވެސް ރައީސް ސާލިހް ދެއްވީ ހިތްވަރު ކަމަށެވެ. ރައީސް ކޮވިޑްގައި ދެއްވި ހިތްވަރަށްޓަކައި މަބްރޫކް މި ޕްރައިމަރީގައި ރައީސް ސާލިހް އަށް ތާއީދު ކުރުމަށް ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް އަށްފަހު ރާއްޖޭގެ އިގްތިސާދު ހުޅުވައި ޓޫރިސްޓުން އަލުން އަންނަން ފަށާފައިވާއިރު އަދިވެސް އެހެން ގައުމުތަކުގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށެވެ.

ސްރީލަންކާ އާއި ޕާކިސްތާން އެއޮތް ހާލު. ދުނިޔޭގެ އެތައް ގައުމެއް އަދިވެސް މިކަމުން އަރައިނުގަނެވި ކުރިއަށް ދާއިރުގައި ރާއްޖެ ކަހަލަ ގައުމަކަށް މިކަމުން އަރައިގަނެވުނީ އިއްތިފާގަކުން ނޫން. ރާއްޖެ މިއޮތީ މިކަމުގައި މާ ފަހަތަށް ގޮސްދޭނެ ކަހަލަ ހާލަތެއްގައި. އެހެން ނަމަވެސް ކުރެވުނު މަސައްކަތުގެ ސަބަބުން މިދުވަސް އަލުގަނޑުމެން ހޯދީ.

ރައީސް ސާލިހް ކޮވިޑްގެ ދުވަސްވަރު ލީޑަރޝިޕް ދައްކަވައި ހިތްވަރު ދެއްކެވި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ޓީމާ އެކީގައި. ކުރައްވާ ހުރިހާ މަސައްކަތުގައި ޓީމްގެ ބައިވެރިވުން އޮވޭ. ލިބޭ ކޮންމެ ފަހަރެއްގައިވެސް އެޓީމްގެ ބައިވެރިވުން އޮވޭ. އަދި ދިމާވާ ކޮންމެ ދައްޗެއްގައި ޓީމަށް ހިތްވަރު ދެއްވާ. މިކަމުގައި އެންމެ އަސާސީ އެއް ސިފައަކީ އަޑު އެއްސެވުން.

މަބްރޫކް ކޮވިޑްގެ ދުވަސްވަރުގެ ހަނދާންތައް އާކުރައްވައި ވިދާޅުވީ ކޮވިޑްގެ ތެރޭގައި ހޭދަކުރެވުނު ދެ އަހަރު ކޮންމެ ރެއަކުވެސް މުލިއާގޭގައި ރައީސް ސާލިހު  ކޮވިޑްގައި ހަރަކާތްތެރިވި ޓީމް މެމްބަރުންނާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އޭރު އެކަން ކުރީ ވާޗުއަލް ކޮށް ވެބްކެމްގެ އެހީގައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ސަރުކާރު ހިންގުމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެންމެންގެ ހިޔާލު ހޯއްދަވާ ބޭފުޅެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާތަނަށް އެންމެ ގިނައިން ކައުންސިލަރުންނާ ބައްދަލުކުރެއްވި ރައީސަކީ ވެސް އެއީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ކަންކަން ތަރުތީބު ކުރިއިރު، ކަންކަމަށް ހަރަދު ވާނެ ވަރާއި ހޭދަވާނެ ވަގުތުތައް ވަރަށް ތަފުސީލްކޮށް ލިޔުނު ކަމަށެވެ. އަދި ކޮވިޑަށް ފަހު ވެސް އެ ކަންކަން ތަންފީޒު ކުރާނެ ގޮތާއި އިސްކަންދޭންވީ ކަންކަން ވެސް ލިޔެފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: