ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިނުވެ، އިންތިހާބު ކާމިޔާބު ނުކުރެވެނީތަ: ޑރ ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ހިންގުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެކި މީހުންނާއިމެދު ތަފާތު ކުރައްވަމުންދާކަމަށް ރައީސް ޔާމީންގެ ވަކީލު ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލުގައި ހޭދަކުރުމަށް ހުކުމްކޮށްފައިވާއިރު، އިދިކޮޅު ކޮންގްރެސް ކޯލިޝަނުންދަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

ސިލްސިލާ ގޮތަކަށް މުޒާހަރާތައް ކުރަމުންދާ މުޒާހަރާތަކުގައި އިދިިކޮޅުން ދަނީ ހުކުމުގެ ސައްހަ ކަމާއިމެދު ސުވާލު އުފައްދަމުންނެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ޝަރީއަތުގެ ތަފްސީލު ރިޕޯޓު ލިބުމުގައި ލަސްތަކެއްވެ އެކަމުގެ ސަބަބުން އިސްތިއުނާފަށް ލުމުގައި ދަތިތަކެއް ކުރިމަތިވިކަމަށްވެސް ވަކީލުން ފާހަގަކޮށްފައިވެއެވެ.

ރައީސް ސާލިހަށް ފާޑުކިޔުން އަމާޒު ކުރައްވާ ޖަމީލު ވަނީ، ގާނޫނު ހިންގުމުގައި ތަފާތު ކުރުންތައް ބަހައްޓަވާ ވެރިއަކު ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމުދާނެ ގޮތާއިމެދު ސުވާލު އުފައްދަވާފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރި ނުވެ، އިންތިހާބު ކާމިޔާބު ނުކުރެއްވެނީތޯވެސް އެނާ ސުވާލު ކުރެއްވިއެވެ.

 

މީގެ އިތުރުން ޖަމީލުވަނީ ޕްރައިމަރީގައި ރައީސް ސާލިހު ދައްކަވަމުންދާ ވާހަކަތަކަށްވެސް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެގޮތުން ރައީސް ފުވައްމުލަކަށް ވަޑައިގަންނަވަނީ ކުރިން ވެވަޑައިގެންނެވި ވައުދުތައްވެސް ނުފުއްދާ ކަމަށާއި އެ ވައުދުތައް ތިބީ “އަންނަނީ”ގައި ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ، އެއަޕޯޓު ބޮޑު ކުރުމަށް، މަގުތައް ފުޅާ ކުރުމަށް، ބަނދަރު ބޮޑުކުރުމަށް، އަދި ފްލެޓުތައް އިތުރު ކުރުމަށާއި ގޯތި ދޭން މަޝްވަރާކޮށް އެކަމަށް ކޮންސަލްޓަންޓުން ހޯދައިފައިވާ ވާހަކަ ރައީސް ވިދާޅުވާކަމަށެވެ. ޖަމީލު ވިދާޅުވީ ރައީސް ސާލިހު ރައްޔިތުންނަށް ދެއްވި ހަދިޔާއަކީ ޓެކްސް ބޮޑު ކުރެއްވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: